ދިވެހި ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގައި ކުށްހުރިތޯބަލައި ފާސްކުރާ ކޮމެޓީ ގެ ނަމުގައި ކޮމެޓީއެއް އެކުލަވާލައިފި އެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު މިއަދު ވަނީ އެކޮމެޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވައިފަ އެވެ.

Ad
rt

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިކޮމެޓީއުފެއްދުމުގެ މަޤްޞަދަކީ ރާއްޖޭގައި ތައްޔާރުކޮށް ޗާޕްކުރެވޭ ފޮތްތަކުގައި ލިޔެފައިހުންނަ ކީރިތި ޤުރްއާންގެ އާޔަތްތަކުގައި ކުށްހުރުމާއި ގުޅިގެން އެކަމަށް ހައްލެއް ގެނައުންކަމަށެވެ.

މިކޮމެޓީގެ މަސައްކަތަކީ ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގައި ކުށްހުރިތޯ ބެއްލެވުމެވެ.

މިކޮމެޓީގެ ޗެއަރ އަކީ އަލްޙާފިޡް ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް އަދި ކޮމެޓީގެ ވައިސް ޗެއަރ އަކީ އައްޝައިޚް އަލްޙާފިޡް މުޙައްމަދު ލަޠީފް އެވެ. މީގެ އިތުރުން މިކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އައްޝައިޚް ނަޞްރުﷲ ޢަލީ، އައްޝައިޚް އަލްޙާފިޡް އިބްރާހީމް ރަޝީދު ޙަސަން، އައްޝައިޚް އަލްޙާފިޡް އަޙްމަދު ޝަފީޤް، އައްޝައިޚް އަލްޙާފިޡް ޢަލީ ނަޖީބް، އަދި އަލްޙާފިޡް ޢަބްދުﷲ މަސްޢޫދު އެވެ.