ކުޅުދުއްފުށީ ޓާފް ދަނޑުހުޅުވުގެ މެޗަށް ގައުމީ ޓީމް ކުޅުދުއްފުއްޓަށް
ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅެވޭ ފުޓްބޯޅަ މެޗްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި، ޓީމް ކުޅުދުއްފުށީ ބައްދަލުކުރާ ގޮތައް ހަމަޖެހިއްޖެއެވެ. ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވަން ހަމަޖެހިފައި ވަނީ މާދަމާ ހަވީރުއެވެ. މި މެޗް ފަށަން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 16:00 ގައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، ކުޅުދުއްފުށީ ރަސްމީބޯޅަދަނޑުގައި ޓާފް އަޅައި ހުޅުވުމުގެ ގޮތުން ޓީމް ކުޅުދުއްފުއްޓާއި، ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމް ކުޅޭ އެކުވ...