ދަގަނޑޭ ކޯވިޑަށް ނެގެޓިވް، މާދަމާ ޓީމާ ގުޅޭނެ

Ali Ashfaq (Dhagandey)

މިހާރު ގައުމީޓީމާއިއެކު ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު (ދަގަނޑޭ) ކޯވިޑް-19އަށް ނެގެޓިވްވެއްޖެއެވެ.

ދަގަނޑޭ މިހާރު ހުރީ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕް އޭގެ މެޗުތައް ކުލުމަށް ޓީމާއެކު ދުބާއީގައެވެ. ދަގަނޑޭ ކޯވިޑަށް ޕޮޒިޓިވްވީ ޑުބާއީގައި ކުރިއަށް ގެންދިޔަ ޓްރެއިން ކޭމްޕަށް ފަހު، ޗައިނާ އަށް ފުރުމުގެ ގޮތުން ހެދި ޓެސްޓުން މިދިޔަ މޭމަހުގެ 30 ވަނަ ދުވަހުއެވެ.

ދަގަނޑޭ މިއަދު ކުރި ޓްވީޓެއްގައި ބުނީ އެންމެފަހުން ހެދި ކޯވިޑް ޓެސްޓު ނެގެޓިވް ވެފައިވާ ކަމަށާއި ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތައް ކުޅުމަށް ގައުމީ ޓީމާއި މާދަމާ ގުޅޭނެ ކަމަށެވެ.

ދަގަނޑޭ ކޮވިޑަށް ނެގަޓިވްވެ، އަލުން ގައުމީ ޓީމާ ގުޅުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ސަޕޯޓްކުރާ އެތައް ސަތޭކަ ދިވހިންނަށާއި، ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަނަށް ލިބޭ ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެކެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއިން މިރޭ ސީރިއާ ދެކޮޅަށް ކުޅޭނެއެވެ. އެ މެޗުން ދަގަނޑޭ އަށް ފުރުޞަތު ލިބޭގޮތް ނުވިނަމަވެސް، ކޮލިފައިންގައި ޗައިނާ އާއި ފިލިޕީންސްގައި ކުޅެންޖެހޭ މެޗުގައި ދަގަނޑޭ އަށް މިހާރު ކުޅެވޭނެ އެވެ.

ރާއްޖެ ސީރިއާއި ދެކޮޅަށް ކުޅޭ މެޗް "ޔެސް ޓީވީ" އިން ލައިވްކުން ހަމަޖެހިފައިވާއިރު، އެ މެޗު ފަށާނީ މާލޭ ގަޑިން 21:00ގަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ހުކުރު ދުވަހު ރާއްޖެ ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އަދި މި މަހުގެ 15 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *