ޔުއެފާ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ޕެރިސް ސެންޓް ޖާމަން (ޕީއެސްޖީ)އާއި ބެލްޖިއަމްގެ ކްލަބް ބުރޫޖް ބައްދަލުކުރި މެޗުގެ ނަތީޖާ ހަމަހަމަވެގެން ނިމިއްޖެއެވެ.
ވަރުގަދަ ފޯވާޑް ލައިނެއް އޮންނަ ޕީއެސްޖީއަށް ބުރޫޖްގެ މައްޗަށް ކުރި ނުހޯދި، މި މެޗް ނިމުނީ 1-1 ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ފުރަތަމަ 11 އާއެކު މެޗަށް ނިކުތް ޕީއެސްޖީއަށް މެޗްގެ 15 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ ސްޕެއިން މިޑްފިލްޑަރު އަންޑަ ހެރޭރާއެވެ. މި ލަނޑުޖަހަން އެހީތެރިވެދިނީ ފްރާންސްގެ ތަރި އެމްބާޕޭ އެވެ.
ރަށުން ބޭރުގައި ޕީއެސްޖީ ކުޅުނު މި މެޗުގައި މެޗުގެ 27 ވަނަ މިނިޓުގައި ބްރޫޖްއިން ވަނީ ލަނޑުޖަހާ މެޗްގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ކެޕްޓަން ހާންސް ވަނަކެންއެވެ.
މޮޅެއް ނުލިބުނު މި މެޗްފައި ޕީއެސްޖީގެ ފުރަތަމަ 11 ގައި ބްރެޒިލްގެ ތަރި ނޭމާ އާއި ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާޕޭގެ އިތުރުން ދުނިޔޭގައި އުފެދުން އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ލިއޮނެލް މެސީ ކުޅުނެވެ.
މި ގުރޫޕުގައި ދެން ހިމެނޭ އިނގިރޭސިވިލާތުގެ ޗެމްޕިއަން މެންޗަސްޓަރ ސިޓީން ވަނީ އާރްބީ ލެއިޕްޒިގުގެ މައްޗަށް ފަސޭހަ މޮޅެއް ހޯދާފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން ސިޓީ މޮޅުވީ 3-6 ގެ ނަތީޖާއަކުންނެވެ.
މިނަތީޖާތަކާއެކު ގްރޫޕް އޭގެ އެއްވަނާގައި އޮތީ މެންޗަސްޓަރ ސިޓީ އަށެވެ. ދެވަނާގައި ޕީއެސްޖީ އޮތްއިރު ތިންވަނަ ލިބެނީ ކްލަބް ބްރޫޖް އަށެވެ. ފުލުގައި އޮތީ ލެއިޕްޒިގެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!