ކޮލަމްބިއާގެ ރައީސް އިވަން ޑޫކޭ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރަށް ބަޑީގެ ހަމަލާތަކެއް ދީފިކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް އިވަން ޑޫކޭއާއި، އެ ގައުމުގެ އިސް އޮފިޝަލުންތަކެއް އިއްޔެ ދަތުރުކުރެއްވި ހެލިކޮޕްޓަރަށް ހަމަލާދިންކަން އެމަނިކުފާނު ހާމަކުރެއްވީ ދެއްވި ވީޑިއޯ މެސެެޖެއްގައެވެ.

Ad
rt

ބައިނަލްއަގްވާމީ ބައެއް ނޫސްތައް ބުނާގޮތުން އެ ހަމަލާ އިވަން ޑޫކޭއިންނެވި ހެލިކޮޕްޓަރަށް އަމާޒުވީ އެ ގައުމުގެ ޑިފެންސް އަދި އިންޓީރިއާ މިނިސްޓަރާއެކު ދަތުރު ކުރައްވަމުން ގެންދަވަނިކޮށް ކޮލަމްބިއާގެ ކަޓަޓުމްބޯ ސަރަހައްދުން އެގައުމުގެ ކުކުޓާ ސިޓީ ކައިރިންނެވެ. އެ ބޭފުޅުން ދަތުރުކުރަށް ވަމުން ގެންދެވީ ކޮލޮމްބިއާގެ ނޯތު ސަންތަންދާ ޕްރޮވިންސަށް، އެ ޕްރޮވިންސުގެ ގަވަރުނަރާއިވެސް އެކު ޕްރޮވިންސަށް ކަމަށް ވެއެވެ.

އެ ހަމަލާގައި ހެލިކަޕްޓަރަށް ވަޒަން އެރި ނަމަވެސް، މީހަކަށް ގެއްލުން ނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އެ ހަމަލާ ދިން މީހުން ހޯދަން ސަލާމަތީ ފައުޖުތަކަށް ޑޫކޭ އަންގާފައިވާއިރު، އޭނާ ވަނީ އެއީ ފިނޑި ހަމަލާއެއްގެ ގޮތުގައި ސިފަ ކުރައްވާ، ހަމަނުޖެހުމާއި ނިރުބަވެރި އަމަލުތަކަށް ބިރު ނުގަންނަ ކަމަށް ވިދާޅުވެފަ އެވެ.

ކޮލަމްބިއާގެ ރައީސް، ޑޫކޭ ދަތުރު ކުރައްވަމުން ގެންދެވި ސަރަހައްދަކީ ކޮލޮމްބިއާ އާއި ޔޫރަޕިއަން ޔޫނިއަންއިންވެސް ނިރުބައެރި ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ނެޝަނަލް ލިބަރޭޝަން އާމީ (އީއެލްއެން) އާއި މަސްތުވާތަކެތި ޓްރެފިކް ކުރާ ހަތިޔާރު އެޅި ޖަމާއަތްތަކުން ހަރަކާތްތެރިވާ ސަރަހައްދެއް ކަމަށް ވެއެވެ.