Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,128 Stories
526 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

އޭޖީ މެދުވެރިނުކޮށް، ކައުންސިލްތަކުން އަމިއްލައަށް ކޯޓުތަކަށް ދެވޭނެ: ސުޕްރީމް ކޯޓް
Raajje

އޭޖީ މެދުވެރިނުކޮށް، ކައުންސިލްތަކުން އަމިއްލައަށް ކޯޓުތަކަށް ދެވޭނެ: ސުޕްރީމް ކޯޓް

ބިމުގެ މައްސަލަތަކުގައި ކައުންސިލްތަކަށް އަމިއްލައަށް ކޯޓަށް ނުދެވޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށް، ކައުންސިލްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށް ނިންމައިފި އެވެ. އދ. ފެންފުށީ ބިމެއްގެ މައްސަލާގައި ހައި ކޯޓުން ނިންމާފައި އޮތީ ބިމުގެ މައްސަލަތަކުގައި ކައުންސިލްތަކުން ކޯޓަށް އަންނަން ޖެހޭނީ އެޓާނީ ޖެނެރަލް މެދުވެރިކޮށް ކަމަށެވެ. އެކަމަކު ލާމަރުކަޒީ ގާނޫނު ބުނާގޮތުން ކައުންސިލްތަކަކީ އަމިއްލައަށް ދައުވާކޮށް އަދި ދައުވާލިބިގަނެވޭ މުއައްސަސާތަކެކެވެ. ހައި ކޯޓުގެ އެ...

މަންދީއަށް ހަމަލާދިން މީހާ 15 މަހަށް ޖަލަށް
Raajje

މަންދީއަށް ހަމަލާދިން މީހާ 15 މަހަށް ޖަލަށް

އެމްޑީޕީ އޮފީސް ތެރޭގައި ހިންގި މާރާމާރީއެއްގައި މަޖިލީހުގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) އަށް ހަމަލާދީ، ބޯފަޅާލި މީހާ 15 މަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ. އެމްޑީޕީ އޮފީހުގައި މަސައްކަތްކުރާ މަންދީއަށް އެ އޮފީހުގައި އުޅުނު މުހައްމަދު ޖަޒީލް ޗޭނުގަނޑަކުން މިދިޔަ ސެޕްޓެމްބަރު މަހު ހަމަލާދިނީ އޭނާގެ މުސާރަ ހިފެހެއްޓުމުން ހިތްހަމަނުޖެހިގެންނެވެ. މަންދީގެ އިތުރުން އެ އޮފީހުގެ އިތުރު މުވައްޒަފަކަށް ވެސް ޖަޒީލް އެދުވަހު ހަމަލާދިނެވެ. ޖަޒީލްގެ މައްޗަށް ކުރި ދެ...

ސުޕްރީމް ކޯޓުގެ ކުރީގެފަނޑިޔާރަކު، ދެ މިލިއަން ރުފިޔާގެ ރިޝްވަތު ދޭން އެދުނު ކަމުގެ ތުހުމަތު!
Raajje

ސުޕްރީމް ކޯޓުގެ ކުރީގެފަނޑިޔާރަކު، ދެ މިލިއަން ރުފިޔާގެ ރިޝްވަތު ދޭން އެދުނު ކަމުގެ ތުހުމަތު!

ސުޕްރީމް ކޯޓުން ކުރިން ބެލި މައްސަލައެއްގައި އެ ކޯޓުގެ އޭރުގެ ފަނޑިޔާރަކު ދެ މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ދޭން އެދުނު ކަމަށް އެ މައްސަލާގައި ހިމެނޭ މީހަކު ސުޕްރީމް ކޯޓުގެ އަޑުއެހުމެއްގައި މިއަދު ބުނެފި އެވެ. އެގޮތަށް ސުޕްރީމް ކޯޓުގައި ބުނީ ދަފްތަރު ނަމްބަރު 4800 މުހައްމަދު އަނީސް އެވެ. އޭނާ ދައުވާކުރީ އޭނާގެ ލޯންޗަކާއި ދޯންޏެއް އެރިޔަދޫ ރިސޯޓާއި ވިލަމެންދޫ ރިސޯޓްގައި ބޭނުން ކުރުމުން އޭގެ ކުލީގެ ފައިސާ ހޯދަން ހ. ވާލީވިލާ މުހައްމަދު […]

އިހަވަންދޫގައި މީހަކު މަރާލުން: މިމަހު ހުކުމް ކުރަނީ
Thiladhunmathi News

އިހަވަންދޫގައި މީހަކު މަރާލުން: މިމަހު ހުކުމް ކުރަނީ

ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މަރާލި އިސްމާއިލް އުމަރު (އިއްސެ) މަރުގެ މައްސަލާގެ ހުކުމް މިމަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ. ޖޫން، 2017 ގައި އިހަވަންދޫގައި އައިސްޕްލާންޓް ތެރޭގައި ޅ. ހިންނަވަރު އިއްސެ މަރާލި މައްސަލާގައި ދައުވާލިބޭ ބަންގްލަދޭޝްގެ ސުމޮން މިއާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް މިއަދު ނިންމާލަމުން މިމަހުގެ ކޮންމެވެސް ދުވަހެއްގައި ހުކުމް އިއްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އިއުލާން ކުރެއްވި އެވެ. އެދުވަހު އެންމެ ފުރަތަމަ އޮންނާނީ […]

އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމުގެ މައްސަލަ ހައި ކޯޓުން ލައިވްކުރަނީ
Raajje

އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމުގެ މައްސަލަ ހައި ކޯޓުން ލައިވްކުރަނީ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލާގެ އަޑުއެހުންތައް ލައިވްކުރަން ހައި ކޯޓުން ނިންމައިފި އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ދިޔަރެސްގެ ނޫސްވެރިޔާ އަހުމަދު އަޒާންގެ ފަރާތުން އެދުމުން ސަރުކާރުން ދެކޮޅު ހެދުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ވަނީ އެ ނިންމުން ރަނގަޅު ކަމަށް ނިންމައިފަ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އެ ނިންމުމުން އަޒާންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި އަޑުއެހުން ލައިވްކުރަނ...

ރިސޯޓް ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ބޮޑު ބައެއް މައާފްކޮށްދެނީ
Thiladhunmathi News

ރިސޯޓް ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ބޮޑު ބައެއް މައާފްކޮށްދެނީ

ރިސޯޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތަކުގެ ތެރެއިން ބޮޑު ބައެއް މައާފްކޮށްދެވޭ ގޮތަށް ސަރުކާރުން ގަވާއިދެއް ހަދައިފި އެވެ. ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ކުލި ނުދައްކާ ކޮންމެ ދުވަހަކަށް 0.5 ޕަސެންޓްގެ ރޭޓުން ޖޫރިމަނާއެއް ނަގަމުން އަންނަނިކޮށް 2020 ވަނަ އަހަރު ސަރުކާރުން އޮތީ ޖޫރިމަނާގެ ރޭޓް 0.04 ޕަސެންޓަށް ދަށްކޮށްފަ އެވެ. އެހެން ނަމަވެސް އެހާތަނަށް ނުދައްކާ ހުރި ބޮޑެތި ޖޫރިމަނާތަކަށް އެއްވެސް ލުޔެއް އޭރު ދީފައެއް ނުވެ އެވެ. އާ ގަވާއިދުގެ ދަށުން އެއަށް ބޮޑެތި […]

މަހްލޫފަށް ލިބުނީ ރިޝްވަތުގެ ފައިސާއެއް ކަމުގެ ހެއްކެއް ނެތް: ކޯޓު
Raajje

މަހްލޫފަށް ލިބުނީ ރިޝްވަތުގެ ފައިސާއެއް ކަމުގެ ހެއްކެއް ނެތް: ކޯޓު

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ސާބިތު ކުރެވޭނެ ހެއްކެއް ނެތް ކަމަށް ނިންމައި، އެ މައްސަލަ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ. މަހްލޫފްގެ މައްޗަށް ދައުވާކުރީ އޭނާ މަޖިލިސް މެމްބަރަކަށް ހުންނެވިއިރު އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓުން އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ އިބްތިދާއީ […]

ވިލުފުށީ ގެދޮރު މަޝްރޫއު ހުއްޓުވުމުގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި
Raajje

ވިލުފުށީ ގެދޮރު މަޝްރޫއު ހުއްޓުވުމުގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

ތ. ވިލުފުށީ ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު ހުއްޓުވަން އެސްޖޭ ކުންފުނިން ހައި ކޯޓަށް މައްސަލަ އެ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ. ވިލުފުށީގައި 100 ހައުސިން ޔުނިޓްގެ މަސައްކަތްކުރަން އެސްޖޭއާ ހަވާލު ނުކޮށް، އަމީން ކޮންސްޓްރަކްޝަނާ ސަރުކާރުން ހަވާލު ކުރި މައްސަލާގައި އެސްޖޭއިން ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އަދި މައްސަލަ ނިމެންދެން އެ މަޝްރޫއު މަޑުޖައްސާލުމުގެ އަމުރަކަށް އެ ކުންފުނިން އެދުނަސް، އެ ކޯޓުން ނިންމާފައި އޮތީ އަމުރު ނެރެނުދިނުމަށެވެ. އެ ނިންމުން މުރާޖާ […]

ރާއްޖޭގައި މަރުގެ އަދަބު އިއްވި ފުރަތަމަ ބިދޭސީއަކަށް މަހްމޫދުގެ ގާތިލް
Raajje

ރާއްޖޭގައި މަރުގެ އަދަބު އިއްވި ފުރަތަމަ ބިދޭސީއަކަށް މަހްމޫދުގެ ގާތިލް

އދ. ދަނގެތީގެ ވިޔަފާވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި އޭނާގެ ގާތިލް ޝާހް އަލޮމް މިއާ (ސާލިމް) އަށް ކްރިމިނަލް ކޯޓުން މަރުގެ އަދަބު އިއްވައިފި އެވެ. މިއީ ރާއްޖޭގައި ބިދޭސީއަކަށް މަރުގެ އަދަބު ދޭން ހުކުމްކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އޮކްޓޫބަރު މަހު ތޫނު އެއްޗެހިންނާއި ދަގަނޑު ބުރި ބޭނުންކޮށްގެން މަހްމޫދު މަރާލީ ފައިސާގެ ބޭނުމުގަ އެވެ. އެކަން ކުރި ކަމަށް ސާލިމް ކޯޓުގައި އެއްބަސްވެ އަދި މައާފަށް އެދިފައި ވިޔަސް، މަހްމޫދުގެ ހުރިހާ […]

ބީނާފުށްޓާއި ކަނޑާލިފިނޮޅުގެ ކުއްޔަށް ޖާބިރުގެ ކުންފުނިން 55 މިލިއަން ދޭންޖެހޭނެ: ހައި ކޯޓް
Thiladhunmathi News

ބީނާފުށްޓާއި ކަނޑާލިފިނޮޅުގެ ކުއްޔަށް ޖާބިރުގެ ކުންފުނިން 55 މިލިއަން ދޭންޖެހޭނެ: ހައި ކޯޓް

ހއ. ބީނާފުށްޓާއި ކަނޑާލިފިނޮޅުގެ ކުއްޔާއި ޖޫރިމަނާއަށް 3.6 މިލިއަން ޑޮލަރު (55 މިލިއަން ރުފިޔާ) ދައްކަން ޔޮޓް ޓުއާސްގެ ކުންފުނީގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ. މަޖިލީހުުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުނީގެ މައްޗަށް އެ ހުކުމް އައުމުގެ ކުރިން ހއ. އަލިދޫ ރިސޯޓްގެ ކުއްޔާއި ޖޫރިމަނާއަށް 29 މިލިއަން ޑޮލަރު (447 މިލިއަން ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް ވެސް ހައި ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކުރި އެވެ. […]

ހުޅުމާލޭގެ ބިމުގެ މައްސަލާގައި ހައި ކޯޓުގައި ބަހުގެ ހަމަލާތަކެއް
Raajje

ހުޅުމާލޭގެ ބިމުގެ މައްސަލާގައި ހައި ކޯޓުގައި ބަހުގެ ހަމަލާތަކެއް

ހުޅުމާލޭގެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލްކުރި މައްސަލާގައި އެޗްޑީސީ އާއި ސިޓީ ކައުންސިލާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ހައި ކޯޓުގައި މިއަދު ބަދަލުކޮށްފި އެވެ. ހުޅުމާލޭގެ ރަޖިސްޓްރީ އެޗްޑީސީއަށް ހަދައިދީފައި ވަނިކޮށް ސިޓީ ކައުންސިލުން މިދިޔަ އަހަރު ވަނީ އެ ރަޖިސްޓްރީ ބާތިލްކޮށްފަ އެވެ. އެ މައްސަލަ އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިމެންދެން ހުޅުމާލެ އެޗްޑީސީގެ ދަށުގައި ބޭއްވުމުގެ ވަގުތީ އަމުރެއް އެ ކޯޓުން ނެރެދިނެވެ. ވަގުތީ އަމުރު ސިޓީ […]

ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގެ އަސަރު މޭރީގެ ހަށިގަނޑުން ފެނިއްޖެ
Raajje

ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގެ އަސަރު މޭރީގެ ހަށިގަނޑުން ފެނިއްޖެ

ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސްގެ މޭރީގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގެ އަސަރު މޭރީގެ ހަށިގަނޑު ފެނިފައިވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. މިދިޔަ އޮކްޓޫބަރު މަހު މަރާލި މޭރީގެ މަރުގެ މައްސަލާގައި ޅ. ހިންނަވަރަށް ނިސްބަތްވާ ލަމްހާގެ އިތުރުން މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެ ދެ މީހުން ރާވައިގެން މޭރީ މަރާލި ކަމަށް ބުނެ އެވެ. ލަމްހާއަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ […]

ޓެރަރިޒަމަށް ހިތްވަރު ދިނުން، ޓެރަރިޒަމަށް ފައިސާ ހޯދިކަން މުނާޒަށް ސާބިތެއް ނުވި
Thiladhunmathi News

ޓެރަރިޒަމަށް ހިތްވަރު ދިނުން، ޓެރަރިޒަމަށް ފައިސާ ހޯދިކަން މުނާޒަށް ސާބިތެއް ނުވި

ޓެރަރިޒަމަށް ހިތްވަރު ދީ އަދި އައިއެސް ޖަމާއަތާ ގުޅުން އޮންނަ ބައެއްގެ އަތުން ފައިސާ ހޯދިކަމަށް ބުނެ ދައުލަތުން ދައުވާކުރި ހދ. ނޭކުރެންދޫ ގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވެއްޖެ އެވެ. މުނާޒަށް ދައުލަތުން ދައުވާކުރީ އަބޫ ޔޫސުފް އަދި އަބޫ މިޝްކާގެ ނަމުގައި އޭނާ ގެންގުޅުނު އެކައުންޓަކުން 2018 ވަނަ އަހަރު ޓެރަރިޒަމަށް ހިތްވަރު ދިނުމާއި އައިއެސްއަށް ތާއީދު ކުރާތީ އެމެރިކާގައި 2016 ވަނަ އަހަރު ތުހުމަތުގައި ހައްޔަރުކުރި ލަޔަނަލް ވިލިއަމްސް އާއި ޕާކިސްތާނު މީހެއްގެ […]

އަލިދޫގެ ކުއްޔަށް ދައްކަން ޖެހުނު 447 މިލިއަނުން ސަލާމަތެއް ނުވި
Thiladhunmathi News

އަލިދޫގެ ކުއްޔަށް ދައްކަން ޖެހުނު 447 މިލިއަނުން ސަލާމަތެއް ނުވި

ހއ. އަލިދޫ ރިސޯޓްގެ ކުއްޔަށް 29 މިލިއަން ޑޮލަރު (447 މިލިއަން ރުފިޔާ) ދައްކަން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނީގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ. ޔޮޓް ޓުއާސުން ކުރިން ހިންގި އަލިދޫ ރިސޯޓް އެ ކުންފުނިން ހިންގި މުއްދަތުގެ ކުލި ނުދެއްކުމުން ކުއްޔާއި ޖޫރިމަނާއަށް 2017 ވަނަ އަހަރާ ހަމައަށް 29 މިލިއަން ޑޮލަރު އަރާފައި އޮތުމުން އެ ފައިސާ ދައްކަން ސިވިލް ކޯޓުން […]

މަހްމޫދުގެ ގާތިލް އެދެނީ މައާފަށް، ވާރިސުން ބޭނުންވީ މަރުގެ އަދަބު
Raajje

މަހްމޫދުގެ ގާތިލް އެދެނީ މައާފަށް، ވާރިސުން ބޭނުންވީ މަރުގެ އަދަބު

އދ. ދަނގެތީގައި މަރާލި ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ ގާތިލް ސާލިމް ކިބައިން މަރަށް މަރު ހިފަން މަހްމޫދުގެ ހުރިހާ ވާރިސުން އެދުމުން މައާފަށް އެދި ސާލިމް ކޯޓުގައި އާދޭސްކޮށްފި އެވެ. މިދިޔަ އޮކްޓޫބަރު މަހު މަހްމޫދު މަރާލި މައްސަލާގައި ކުށަށް އިއުތިރާފްވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމްގެ ކިބައިން މަރަށް މަރު ހިފުން ނޫން ގޮތެއް ބޭނުން ނުވާ ކަމަށް މަހްމޫދުގެ ފަސް ދަރިންނާއި އަނބިމީހާގެ އިތުރުން އޭނާގެ މަންމަ ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ބުނެފަ […]