ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލާގެ އަޑުއެހުންތައް ލައިވްކުރަން ހައި ކޯޓުން ނިންމައިފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ދިޔަރެސްގެ ނޫސްވެރިޔާ އަހުމަދު އަޒާންގެ ފަރާތުން އެދުމުން ސަރުކާރުން ދެކޮޅު ހެދުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ވަނީ އެ ނިންމުން ރަނގަޅު ކަމަށް ނިންމައިފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އެ ނިންމުމުން އަޒާންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި އަޑުއެހުން ލައިވްކުރަން އަޒާން އެދުނެވެ.
އެކަމަށް އެއްވެސް ފަރާތަކުން ދެކޮޅު ނަހަދާތީ ފަނޑިޔާރުންގެ ބެންޗުން ވެސް ނިންމެވީ ޝަރީއަތް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށެވެ. އަދި ދެން އޮންނަ އަޑުއެހުމުން ފެށިގެން ލައިވްކުރާނެ އެވެ.
އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ސަރުކާރުން ދެކޮޅު ހެދީ ގައުމީ ސަލާމަތާ ގުޅުންހުރި ކަމެއް ކަމަށް ބުނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!