އަހަންނަށް ކަމެއްވެއްޖެނަމަ، އެކަން ކުރާނީ ލަމްހާ ކަމަށް މޭރީ ބުނި: ދައުލަތް
ރާއްޖޭގައި މަރާލި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއަށް ކަމެއްވެއްޖެނަމަ، އެކަން ކުރާނީ އެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ކަމަށް މޭރީ ބުނެފައިވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރި ލަމްހާ އާއި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާކުރަނީ މިދިޔަ އަހަރު އެ ދެ މީހުން ގުޅިގެން މޭރީ މަރާލި ކަމަށެވެ. އެ ތިން މީހުންނަކީ ވެސް ނަރުހުންނެވެ. ދައުލަތުން ތުހުމަތުކުރަނީ ލަމްހާ އާއި މާވިން ލޯބީގެ ގޮތުން […]