ށ. ފޭދޫގައި ތުއްތު ކުއްޖަކު މަރާލިތާ ނުވަ އަހަރު ފަހުން އެ މައްސަލާގައި އެ ކުއްޖާގެ މާމަ އާއި ދޮންކާފަ 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
2013 ވަނަ އަހަރު 15 އަހަރުގެ އަންހެން ކުއްޖަކު ފޭދޫގައި ކުއްޖަކު ވިހެއުމުން އެ ތުއްތު ކުއްޖާ މަރާލުމަށްފަހު ގޭގެ ގިފިލީގައި ވަޅުލީ އެ ކުއްޖާގެ މާމަ އާއި ދޮންކާފަ ބައިވެރިވެގެންނެވެ.
ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތަކަށްފަހު އެ ދެ މީހުން 10 އަހަރާއި ހަ މަހަށް ޖަލަށްލުމުގެ އިތުރުން މަރުގެ ދިޔައަށް އެއް މިލިއަން ރުފިޔާ ދައްކަން އަދި ކައްފާރާގެ ގޮތުން ދެ މަސް ދުވަހުގެ ރޯދަ ހިފަން ވެސް ހުކުމުގައި އަންގާފައިވެ އެވެ.
އެ މީހުން ވަރަށް ގިނަ ދުވަސް ވަންދެން ބަންދުގައި ތިބެފައިވާތީ އެ މީހުން ތަންފީޒު ކުރަން ޖެހޭނީ ވަރަށް ކުޑަ ހުކުމެކެވެ.
އެ މައްސަލާގައި 15 އަހަރުގެ އަންހެން ކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެ، ގޭ ބަންދުކުރަން ޖުވެނައިލް ކޯޓުން އަންގާފައި ވަނިކޮށް ހައި ކޯޓުން ފަހުން އެ ކުއްޖާ މިނިވަންކުރި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!