60 އަހަރު ކުރިން ދައުލަތުން އަތުލާފައިވާ ބައްތެއްޔެއްގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި އެވެ.

ގދ. ތިނަދޫ މީހަކު ދައުވާކުރީ އޭނާގެ މަންމަ އާއި ދޮންބައްޕަ 1962 ވަނަ އަހަރު ބަދެފައިވާ ބައްތެއްޔެއް ދައުލަތުން ނެގުމަށްފަހު ވިއްކާލާފައިވާތީ އޭގެ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

Ad
rt

ސިވިލް ކޯޓުން މިދިޔަ ޖުލައި މަހު މައްސަލަ ބޭރުކޮށްލީ އެފަދަ ކަމެއް ހިނގިކަން ނުވަތަ ބައްތެލީގެ މިލްކުވެރިކަން ސާބިތުވެފައި ނެތުމުންނެވެ.

އެ މައްސަލަ އެ މީހާ ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް މިއަދު ނިންމީ ގާނޫނީ ބަހުސެއް އެކަމުގައި ފެންނަން ނެތުމުން އެ މައްސަލަ ނުބެލޭނެ ކަމަށެވެ.

އެ މީހާ ބުނާގޮތުން 18 ރިޔަނުގެ ބައްތެލީގެ އަގަކީ 1.8 މިލިއަން ރުފިޔާ އެވެ. އެ ބައްތެލި ދައުލަތުން އަތުލީ 1962 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އައްޑޫ ބަޣާވާތާ ގުޅިގެން ހިނގި ހަމަނުޖެހުންތަކަށްފަހު ކަމަށާއި އަދި އެ ބައްތެލި އެންމެ ފަހުން ދައުލަތުން ބޭނުންކުރީ އޭނާ ބޮޑު ބައްޔެއް ފެތުރިގެން، ބައެއް މީހުން ރަށްރަށަށް ބަދަލުކުރަން ކަމަށް އެ މީހާގެ ފަރާތުން ކޯޓުގައި ބުނެފައިވެ އެވެ.