އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ހަތް މަހަށް ޖަލަށްލާފައިވާ އަލަމްގިރިގެ މައްޗަށް އިތުރު 40 ދައުވާއެއް ދައުލަތުން އުފުލައިފި އެވެ.
ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ޖަލަށްލި އަލަމްގިރިގެ މައްޗަށް ދައުލަތުން މިއަދު އުފުލީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ. އެއީ ގިނަ ބަޔަކާ އެކު ގުޅުން ހިންގި މަންޒަރު ވީޑިއޯކުރި މައްސަލާގަ އެވެ.
އެ ދައުވާކުރީ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ.
މި ކުށަކީ ގާނޫނުލް އުގޫބާތުގެ ދަށުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނަ ކުށެކެވެ.
ކޮންމެ ދައުވާއަކަށް އެއް މަސް ދުވަހުގެ ރޭޓުން އަދަބު ކަނޑައެޅުމުން އަލަމްގިރިގެ މައްޗަށް ޖުމްލަ އަންނާނީ ތިން އަހަރަށް ވުރެ ދިގު ޖަލު ހުކުމެކެވެ. އެކަމަކު ކުށަށް އިއުތިރާފްވެއްޖެ ނަމަ އަދަބު ލުއިވާނެ އެވެ.
އަލަމްގިރިއާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ވަކީލް ނާޒިމް ސައްތާރު ތިން މަހަށް ގޭ ބަންދުކުރަން ހުކުމް ކޮށްފައިވާއިރު، އޭނާއާ އެކު ގުޅުން ހިންގި ފުލުސް މީހާ ވެސް ކޯޓުގައި މިއަދު ވަނީ އެކަމަށް އެއްބަސްވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!