ބޯޓު އަޑިއަށް ދިޔުން: ގެއްލިގެން ހޯދަމުން ދިޔަ މީހާ، އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ ސަލާމަތްކޮށްފި
މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި “އުދަރެސް” ބޯޓު ރޭ ދަންވަރު ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި ހިނގި ހާދިސާގައި ގެއްލިގެން ހޯދި މީހާ ފެނިއްޖެއެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔައީ އެ ބޯޓުން ދަތުރުކުރި ދިވެއްސެކެވެ. މި ހާދިސާގެ އަޕްޑޭޓް ދެމުން ފުލުހުން ބުނިގޮތުގައި ގެއްލިގެން ހޯދަމުން ދިޔަ މީހާ، އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ވަނީ ފެނިފައެވެ. އަދި އެމީހާ ފެނިފައިވަނީ 2026 […]