ޕީޖީ އޮފީހުގެ މުވައްޒަފުން އަންގާރަ ދުވަހު ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފި
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ ގޮންޖެހުންތަކުގެ ސަބަބުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ކޮންމެ އަންގާރަ ދުވަހަކު ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފިއެވެ. ޕީޖީ އޮފީހުން ރޭ ހާމަކުރި ގޮތުގައި މި ނިންމުމަކީ އިޤްތިޞާދީ އަސަރުތައް ކުޑަކުރުމަށް ދައުލަތުން އަޅަމުންދާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން ނިންމި ނިންމުމެކެވެ. ޚަރަދު ކުޑަކުރުމަށް އެޅި މުހ...