ޓޫރިޒަމް މިނިސްޓަރު އަލީގެ ދިފާއުގައި ރައީސް ނަޝީދު
ރިސޯޓު މުވައްޒަފުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިކުމެވަޑައިގެންފިއެވެ. އަލީ ވަހީދަށް ފާޑުކިޔުން އަމާޒުވެފައިވަނީ ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. އެއާއެކު އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފާޑުކިޔުން އަލީ ވަހީދަށް އަމާޒުވުމުން މައާފަށް އެދިވަޑައިގެންފައިވެއެވެ. Tourism Minister @ali20waheed akee MDPge kuree...