•  
  •  
  •  
  •  
  •  
  •  
  •  

ކޭތަ ހިފުމުން ދުނިޔެއަށް ވެރިވާ އަނދިރިކަން ހަނދާންކޮށްދެނީ ކަށްވަޅުގެ އަނދިރިކަންކަމަށް މިއަދު ކުރި ކޭތަ ނަމާދުގެ ޚުތުބާގައި ބުނެފިއެވެ.

މިއަދު ހެނދުނު 8:50 ގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކޮށްފައިވާއިރު، ކޭތަ ނަމާދުގެ ޚުތުބާގައި ބުނީ، ކޭތަ ހިފަނީ ހަމައެކަނި ގުދުރަތީ ސަބަބުތަކާ ހެދިގެން ނޫން ކަމަށާއި، މީސްތަކުންގެ ކުށްފާފަތަކާއި އުރެދުންތައް ގިނަވަމުގެ ސަބަބުން ވެސް ކޭތަ ހިފާ ކަމަށް ކީރިތި ރަސޫލާގެ ބަސްފަޅުތަކުން ދޭހަވާ ކަމަށެވެ.

ކުށްފާފަ ކުރުމާއި އުރެދުންތަކަށް އަރައިގަންނަ މީހުން ގިނަ ވުމަކީ ކޭތަ ހިފުމުގެ ސަބަބެއް ކަމަށާއި އަދި އެއީ ހަމައެކަނި ޤުދުރަތީ ކަމެއްގެ ގޮތުގައި ނުދެކި، އެކަމާއި މެދު ޝަރުޢީ ނަޒަރަކުން ވިސްނުމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

ޤިޔާމަތްވުން ފެށޭނީ ވަރުގަދަ ބިންހެލުމަކާއި، ހަނދުކޭތަ ހިފުމަކާއި، ތަރިތައް ވެރި ބުރައިގެންދާ ދިއުމަކުންނެވެ. އެހެންކަމުން ކޭތަ ހިފުން ފަދަ ކަންތައްތަކަކީ ޤިޔާމަތް ދުވަހުގެ މަތިން ހަނދުމަކޮށްދެއްވުމަށް މާތް ﷲ މިންވަރު ކުރައްވާފައިވާ ކަންކަމެވެ. އެ ދުވަހަށް ސަމާލުވުމަށް ގޮވާލާ ގޮވާލުމެކެވެ.

ހުތުބާގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން، ކޭތަ ހިފަނީ ވަކި މީހަކު މަރުވެގެން ނުވަތަ ވަކި މީހަކު އުފަން ވެގެން ނޫން ކަމަށާއި، ކޭތަ ހިފުމަކީ މާތްﷲ އިރަށާއި ހަނދަށް މިންވަރު ކުރައްވާފައިވާ ދައުރުވުންތަކުގެ ސަބަބުން ހިނގާ ކަމެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ﷲ އަށް ބިރުވެތިވެ ތައުބާ ވުމަށާއި، ކުށްފާފަ ފުއްސަވައިދެއްވުމަށް އެދި ދުއާ ކުރުމަށްވެސް މިއަދުގެ ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ