މާލޭގެ ކުލި ކޮންޓްރޯލް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް، ސޮއި ހޯދުނުގެ މަސައްކަތް ފަށައިފި އެވެ.

މިޕެޓިޝަން ހުށަހެޅުމުގެ މަސައްކަތް ފަށާފައި ވަނީ މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ޔޫނިއަން، މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިންނެވެ.

Ad
rt

އެޕެޓިޝަންގައި ސޮއިކުރުން މިއަދު ހަވީރު ފަށާގޮތައް އެޔޫނިއަނުން ވަނީ ނިންމާފައެވެ.

ޕެޓިޝަނުގައި ސޮއިކުރަން ނުވަތަ ކުލި ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްލަން ބޭނުންވާ ފަރާތްތަކުން ވެސް މި ހަރަކާތުގައި ބައިވެރިވުމަށް އެ ޔޫނިއަން އިން އެދެ އެވެ.

ޓެނެންޓްސް ޔުނިއަންއަކީ ކުއްޔަށް ދިރިއުޅެމުން އަންނަ މީހުންނަށް ދިމާވާ އުނދަގޫތައް ހިއްސާކުރުމަށާއި، ކުއްޔަށް ދިރިއުޅޭ މީހުންގެ އަޑަށް ރަސްމީ ސިފައެއް ގެނެސްދިނުމަށް މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އުފައްދާފައިވާ ޖަމިއްޔާއެކެވެ.