ބުރުގާ އަޅައި ފޭލި އަނދެގެން ކުރިސްމަސް ފާހަގަ ކުރިބަޔަކަށް އެތައްބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މިއަދު މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަނީ ރިސޯޓެއްގައި ކުރިސްމަސް ފާހަގަކުރުމަށް ދިވެހި އަންހެން ކުދިންތަކެއް ރަތް ބުރުގާ އަޅައި ފޭލި އަނދެ އަދި ކުރިސްމަސް ތާކިހާ އަޅާފައިވާ ފޮޓޯއެކެވެ.

Ad
rt

މިފޮޓޯގެ މެދުގައި ކުރިސްމަސް ހެދުން އަޅައިގެން ހުރި ފިރިހެނަކު ހުރި އިރު ފޮޓޯގެ ފަހަތުން ބޮޑުކޮން މެރީ ކުރިސްމަސް ލިޔެފައިވެއެވެ. މިފޮޓޯ އާއި ގުޅިގެން ގިނަބަޔަކު ދަނީ މީސްމީޑިޔާގައި ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

އަޅުގަޑުމެންގެ ދީނާ ދިމާ އިދިކޮޅު މިފަދަ ކަންތައްތަކަށް ތަރުޙީބު ދޭ ދަރަޖަ އަށް ކަށި މަޑު ވެގެން ދިޔަ ނުދެއްވާށެވެ!!! އަދި މިފަދަ ފާފަ ވެރި ޢަމަލު ތައް ތަކުރާރު ކުރަމުން، ކުރަމުން ގޮސް އެއީ ދިވެހި އާދައަކަށް އަދި ދިވެހި ސަގާފަތުގެ ބަޔަކަށް ވެގެން ދިޔުމަށް ތާއީދު ނުކުރައްވާށެވެ.

ޝެއިޚް މުހައްމަދު ނަޝީދު އާދަމް ވިދާޅުވެފައިވެއެވެ.

މީއެއްވެސް ހާލެއްގައި ބަލައިގަނެވޭނީ ކަމެއް ނޫންކަމަށާއި ބުރުގާ އަޅައިގެން ކާފަރުންގެ ޢީދުތައް ފާހަގަކުރަން ލަދެއްވެސް ނުގަނޭތޯ ގިނަބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.