ރިސޯޓު މުވައްޒަފުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިކުމެވަޑައިގެންފިއެވެ.

އަލީ ވަހީދަށް ފާޑުކިޔުން އަމާޒުވެފައިވަނީ ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. އެއާއެކު އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފާޑުކިޔުން އަލީ ވަހީދަށް އަމާޒުވުމުން މައާފަށް އެދިވަޑައިގެންފައިވެއެވެ.

Ad
rt

އަލީ ވަހީދުގެ ދިފާއުގައި ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން. އެމަނިކުފާނަށް އެމްޑީޕީގެ ސިޔާސަތު ސާފުވާނެ. މިވީ އެއް އަހަރު ޓޫރިޒަމް މިނިސްޓްރީއަށް ހެޔޮ ބަދަލުތައް އަންނަން ފަށާފަ.

ރައީސަ ނަޝީދުގެ ޓުވީޓުގައި ބުނެފައިވެއެވެ.

މިޓުވީޓުގައު އިތުރަށް ބުނެފައިވަނީ މިނިމަމް ވޭޖް އާއި ސާވިސް ޗާޖުގެ މައްސަލަ ހައްލު ކުރެވޭނެކަމަށާސި މިނިސްޓަރު އަލީ ވަހީދަށް އިތުބާރު ކުރައްވާކަމަށެވެ.