•  
  •  
  •  
  •  
  •  
  •  
  •  

އާޖެންޓީނާގެ މަޝްހޫރު އަދި ކުޅަދާނަ ފޯވާޑް މައުރޯ އިކާޑީ އައު އަހަރުގެ ޗުއްޓީއަށް ރާއްޖެ ޒިޔާރަތްކޮށްފިއެވެ.

އިޓަލީގެ އިންޓަމިލާނަށް ކުޅުމަށްފަހު މިހާރު ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ މައުރޯ އިކާޑީ ޗުއްޓީ ހޭދަކޮށްލަން ރާއްޖެއައިސްފައިވަނީ އޭނާގެ ޢާއިލާ އާއި އެކުގައެވެ.

އޭނާ ޢާއިލާއާއިއެކު ޗުއްޓީ ހޭދަކުރަމުންދަނީ ދ. އަތޮޅު މާގައުހައި ހުޅުވާފައިވާ ބަގްލިއޯނީ ރިސޯޓުގައެވެ. މިރިސޯރޓަކީ މިއަހަރުގެ މާރޗްމަހު ހުޅުވާފައިވާ އިޓާލިއަން ލަގްޒަރީ ފައިވްސްޓަރ ރިސޯޓެކެވެ.

އިކާޑީ އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ފޮޓޯތައް އަންނަނީ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކުރަމުންނެވެ.

އައު އަހަރާއި ދިމާކޮށް ބޭރުގެ މަޝްހޫރު ތަރިން ދަނީ ރާއްޖެގައި ޗުއްޓީ ހޭދަ ކުރަމުންނެވެ.

ޚިޔާލު

Your email address will not be published.