ކުރިނބީން ދަނޑުވެރިކަމަށް ހިލޭ ވަގުތީ ބިން ދޫކުރަނީ
ހދ. ކުރިނބީން ވަގުތީގޮތުން ދަނޑުވެރިކަން ކުރުމަށް ހިލޭ ބިން ދޫކުރުމަށް ކުރިނބީ ކައުންސިލުން ނިންމައިފިއެވެ. ކުރިނބީ ކައުންސިލުން ބުނީ ކޮވިޑް-19 އާއި ގުޅިގެން ދިމާވެދާނެ އިޤްތިޞާދީ ހީނަރުކަމަށްބަލައި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި އެއްވެސް ކުއްޔަކާއި ނުލައި، ރަށުގެ ދެކުނުފަރާތުން ވަގުތީގޮތުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމަށް ނިންމައިފިކަމަށެވެ. “މިގޮތުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ދަނޑުވެރިކަންކުރަން ބޭނުންވާ ގޭގެއިން ކޮންމެ ގެޔަކަށް 1 (އެކެއް)...