ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު 1،127،528 އަށް އަރައި، އެމެރިކާއިން އިއްޔެވެސް އެ ބަލި 32،284 މީހުންނަށް ޖެހިއްޖެއެވެ.

ކޮވިޑް-19 ،4 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، މެންދުރު ފަހު 14:30 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

Ad
rt
  • ޕޮޒިޓީވް މީހުންގެ ޢަދަދު: 1،127،528
  • މަރުވި މީހުންގެ ޢަދަދު: 59،949
  • ރަނގަޅުވި މީހުންގެ ޢަދަދު: 234،023

ކޮވިޑް-19 ޖެހޭ ނިސްބަތް އިތުރުވަމުން ދާ ގޮތް

  • 2020 ޖެނުއަރީ 19، 100 މީހުން
  • 2020 ޖެނުއަރީ 24، 1،000 މީހުން
  • 2020 ފެބްރުއަރީ 12، 50،000 މީހުން
  • 2020 މާރިޗް 6، 100،000 މީހުން
  • 2020 މާރިޗް 18، 200،000 މީހުން
  • 2020 މާރިޗް 21، 300،000 މީހުން
  • 2020 މާރިޗް 24، 400،000 މީހުން
  • 2020 މާރިޗް 28، 600،000 މީހުން
  • 2020 މާރިޗް 29، 700،000 މީހުން
  • 2020 މާރިޗް 31، 800،000 މީހުން
  • 2020 އޭޕްރިލް 1، 900،000 މީހުން
  • 2020 އޭޕްރިލް 2، 1،000،000 މީހުން
  • 2020 އޭޕްރިލް 3، 1،100،000 މީހުން

މިބަލި އިއްޔެ އެކަނިވެސް 101،578 މީހުންނަށްވަނީ ޖެހިފައެވެ. މިބަލީގައި އިއްޔެ 5990 މީހުންވަނީ މަރުވެފައެވެ.

ކުރިން މިބަލި ޔޫރަޕުން އެންމެ ބާރަށް ފެތުރެމުންއައީ އިޓަލީ ވިލާތުގައި ނަމަވެސް، މިހާރު ޔޫރަޕްގައި މިބަލި ފެތުރުން އިތުރުވެފައިވަނީ ސްޕެއިންގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އިއްޔެ ސްޕޭނުން 7134 މީހުންނަށް މިބަލި ޖެހުނު އިރު، އިޓަލީއިން އިއްޔެ މިބަލި ޖެހުނީ 4585 މީހުންނަށެވެ. އިޓަލީން މިހާތަނަށް ޖުމްލަ 119،827 މީހުންނަށް މިބަލި ޖެހިފައިވާއިރު، ސްޕޭނުން މިބަލި ޖެހިފައިވަނީ 124،736 މީހުންނަށެވެ.

2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިވައިރަސް ދުނިޔޭގެ 205 ޤައުމަށާއި، ސަރަހައްދަށް މިހާރު ވަނީ ފެތުރިފައެވެ.