ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޮވިޑް-19 އަށް ޓެސްޓު ކުރައްވައިފިއެވެ. ރައީސް ނަޝީދު ކޮވިޑް-19 އަށް ޓެސްޓު ކުރައްވާފައިވަނީ މިއަދު މަޖިލީހުގެ އިދާރާގައެވެ.
އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންތަކެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ، ސަރުކާރުން މިހާރު ވަނީ މި މަހުގެ 14 އިން 19 އާއި ހަމައަށް އެގައުމުން ރާއްޖެ އައި އެންމެން ޓެސްޓުކޮށް އެމީހުންނާ ކޮންޓެކްޓުވި މީހުން ވެސް ޓެސްޓު ކުރަން ނިންމާފައެވެ.
އެގޮތުން ރައީސް ނަޝީދު ވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުން 14 ވަނަ ދުވަހަށް އަމިއްލުފުޅު ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު #ކޮވިޑް19 އަށް ޓެސްޓު ކުރައްވައިފި pic.twitter.com/JOAX8I9sLZ
— People's Majlis (@mvpeoplesmajlis) April 1, 2020
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 19 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި ބޭރު އެންމެން ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ މި ބައްޔަށް އެންމެފަހުން ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!