8 މީހުންނާއި އެކު ފޭދޫއަށް ދަތުރުކުރި ބޯއްޓެއް ފަރަށް އަރައިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިވާން ފަށައިފިއެވެ.

މާލެއިން ފުރައިގެން ސ. ފޭދޫއަށް ދަތުރުކުރި "އަލްމާ" ނަމަކަށް ކިޔާ މިބޯއްޓު ފަރަށް އަރާފައިވަނީ ގދ މާވަރަލާ ފަރަށްކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

Ad
rt

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްގެ ކޯސްޓް ގާރޑްއަށް ލިބިފައިވަނީ މިއަދު ހަވީރު 17:35 ހާއިރު ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވިއެވެ.