Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,680 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ކަރަންޓީނު ފެސިލިޓީތަކުން ފިލި ބިދޭސީން ހޯދަން ފޮޓޯ އާންމުކޮށްފި
Raajje

ކަރަންޓީނު ފެސިލިޓީތަކުން ފިލި ބިދޭސީން ހޯދަން ފޮޓޯ އާންމުކޮށްފި

އެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވަނިކޮށް ފިލާފައިވާ ބިދޭސީންތަކެއް ހޯދަން ފޮޓޯ އާންމުކޮށްފިއެވެ. މިގޮތުން ފުލުހުން މިއަދު ވަނީ ކަރަންޓީނު ފެސިލިޓީތަކުން ފިލާފައިވާ11 ބިދޭސީއެއް ހޯދަން ފޮޓޯ އާންމު ކޮށްފައެވެ. “މަތީގައިވާ ފޮޓޯއިން ފެންނަ މީހުންނަކީ، އެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވަނިކޮށް ފިލާފައިވާތީއާއި، ގަވާއިދާ ހިލާފަށް އުޅޭތީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފިލާފައިވާ މީހުންނެވެ.” ފޮޓޯ އާންމު ކުރުމަށްފަހު ފުލުހުން ބުނެފައި ވެއެވެ. ފުލުހ...

އިންޑިޔާގެ ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ އަވަހާރަވެއްޖެ
International

އިންޑިޔާގެ ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ އަވަހާރަވެއްޖެ

އިންޑިޔާގެ ރައީސްކަން 2012 ވަނަ އަހަރުން 2017ވަނަ އަހަރަށް ކުރެއްވި އިންޑިޔާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވެއްޖެއެވެ. ޕްރަނާބް މުކަރްޖީ އަވަހާރަވެފައިވާކަން އޭނާގެ ދަރިކަލުން އަބިޖީތު މުކަރުޖީވަނީ ޓްވިޓަރ މެދުވެރިކޮށް ހާމަކުރައްވާފައެވެ. ޕުރަނާބު މުކަރުޖީ އަވަހާރަވީ އޮގަސްޓު މަހުގެ 10ވަނަ ދުވަހުން ފެށިގެން ހަސްފަތާލުގައި ފަރުވާދަމުން ދަނިކޮށެވެ. ހަސްފަތާލުގައި އެނދުމަތިކޮށްފައިވަނީ ޞިއްޙީ ޙާލުކޮޅު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެންނެވެ. ހަސްފަތާލުގައި ކުރި ތަހުލީލުތަކުން  ސިކުނޑީގައި ލ...

މަޖިލިސްގެ ދައުރު ދަންމާލައިފި
Raajje

މަޖިލިސްގެ ދައުރު ދަންމާލައިފި

ރައްޔިތުންގެ މަޖިލިސްގެ މިހާރު ހިނގަމުންދާ 2020 ވަނަ އަހަރުގެ ދެވަނަ ދައުރު ދަންމާލަން ފާސްކޮށްފިއެވެ. މަޖިލިސްގެ ދައުރު ދަންމާލަން ފާސްކުރީ ރިއާސަތުގައި އިންނެވި، މަޖިލިސްގެ ނައިބު ރައީސް އެ ގޮތަށް ހުށަހަޅުއްވައިގެންނެވެ. މިރޭ މަޖިލިސްއިން ނިންމި ނިންމުމުގެ ދަށުން މިހާރު ހިނގަމުންދާ މަޖިލިސްގެ ދައުރު ނިންމާ ޖަލްސާ އޮންނާނީ ސެޕްޓެމްބަރު 7 ވާ ހޯމަ ދުވަހުއެވެ. މަޖިލިސްގެ ދައުރު ދަންމާލުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރިޔާސަތުން ވިދާޅުވީ، ކޯވިޑްގެ މިހާލަތުގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް...

Raajje

ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އަތާރް މުޚްތާރް

ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް، އެކަމަނިކުފާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ފާކިސްތާނުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި...

ސްރީލަންކާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރޮހާނާ ބެއްޑާޖު
Raajje

ސްރީލަންކާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރޮހާނާ ބެއްޑާޖު

ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ރޮހާނާ ބެއްޑާޖު ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ރަސްމިއްޔާތުގައި ފަތްކޮޅު އެރުވުމަށްފަހު، ސްރީލަންކާގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދ...

ހައިޟުވުމުން 1 ދުވަހުގެ ޗުއްޓީ ލިބޭ އިސްލާހަށް ޕީޖީ ގްރޫޕްގެ ތާއީދެއް ނުލިބުނު
Raajje

ހައިޟުވުމުން 1 ދުވަހުގެ ޗުއްޓީ ލިބޭ އިސްލާހަށް ޕީޖީ ގްރޫޕްގެ ތާއީދެއް ނުލިބުނު

ހައިޟުވުމާ ގުޅިގެން 1 ދުވަހުގެ ޗުއްޓީއެއް ދޭން ލާޒިމްކޮށް ވަޒީފާއާބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި އިސްލާޙަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ތާއީދެއް ނުލިބުނެވެ. އެ އިސްލާހް ކުރިއަށް ގެންދިއުމާއި މެދު ރޭ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ތެރޭގައި ވަނީ ވޯޓަށް އަހައިފަ އެވެ. ނަމަވެސް އެ އިސްލާހް ކުރިއަށް ގެންދާ ވަރަކަށް ޕީޖީގްރޫޕްގެ ތާއީދެއް ލިބިފައެއް ނުވެއެވެ. އެކަން ވަނީ އެމްޑީޕީ ޕީޖީ ގްރޫޕްގެ މެމްބަރަކު ކަށަވަރު ކޮށްދެއްވާފައެވެ. ސިރާޖް ހުށަހެޅުއ...

އުރީދޫއިން ވިއްކާ ނޯޓް 20ގެ ފޯނުތަކަށް ރަށުގައި ހުރެގެން ވެސް ޕްރީއޯޑަރު ކުރެވޭނެ
Business

އުރީދޫއިން ވިއްކާ ނޯޓް 20ގެ ފޯނުތަކަށް ރަށުގައި ހުރެގެން ވެސް ޕްރީއޯޑަރު ކުރެވޭނެ

ކަސްޓަމަރުންނަށް ހާއްސަ އޮފާއަކާއި އެކު ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް 20 ސީރީޒްގެ “ގެލެކްސީ ނޯޓް 20” އާއި “ނޯޓް 20 އަލްޓްރާ 5ޖީ” ފޯނަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފި އެވެ. މި ފޯނުތަކަށް ޕްރީއޯޑާ ކުރަން ޖެހޭނީ އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް “މޫލީ” މެދުވެރިކޮށްގެންނެވެ. މި ފޯނުތަކަށް އޯޑަރު ކުރެއްވުމަށް އަތޮޅު ތަކުގައި ތިއްބެވި އުރީދޫގެ ކަސްޓަމަރުންނަށް ވެސް އުފާވެރި ޚަބަރެއް އެބައޮތެވެ. އެ ކަސްޓަމަރުންނަށް ވެސް އުރީދޫގެ […]

އެސްޓީއޯގެ ބޯޑަށް، ރުޝްމާ
Business

އެސްޓީއޯގެ ބޯޑަށް، ރުޝްމާ

ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް އާމިނަތު ރުޝްމާ، ހ. މޮސްކޯގެ އިންތިހާބުކުރުމަށް ފާސްކޮށްފިއެވެ. އެ ކުންފުނީގެ ބޯޑަށް ރުޝްމާ އައްޔަނުކުރަން ފާސްކުރީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް މިއަދު ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި  އެވެ. އެ ޖަލްސާގައި އެ ކުންފުނީގެ 52 ހިއްސާދާރުން ވަނީ ބައިވެރިވެފަ އެވެ. މީގެތެރޭގައި ހިމެނެނީ ޖަލްސާއަށް ހާޒިރު ތިބި 11 މެންބަރުންނާއި ޕްރޮކްސީގެ ޒަރިއްޔާއިން ބައިވެވި 41 ހިއްސާދާރުންނެވެ. އެ ޖަލް...

ކުޅުދުއްފުށިން ފުރަތަމަ ޓެސްޓުކުރި 24 މީހުން ނެގެޓިވް
Thiladhunmathi News

ކުޅުދުއްފުށިން ފުރަތަމަ ޓެސްޓުކުރި 24 މީހުން ނެގެޓިވް

ހދ. ކުޅުދުއްފުށިން މާލެ ފޮނުވާލި ކުއްޖަކު ކޯވިޑްއަށް ޕޮޒިޓިވް ވުމާގުޅިގެން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަ ކުރެވިގެން ފުރަތަމަ ޓެސްޓް ކުރެވުނު 24 މީހުންގެ ޓެސްޓް ނަތީޖާ ނެގެޓިވް ކަމަށް ދައްކައިފިއެވެ. އެކޭސް އާގުޅިގެން މިހާތަނަށް 60 މީހަކު ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު، ޓެސްޓްކޮށްފައިވަނީ އެކުއްޖާއާ އެންމެ ބޮޑަށް ކޮންޓެކްޓްވީ 24 މީހެކެވެ. އޭގެތެރޭގައި އެކުއްޖާއަށް ފަރުވާދިނުމުގައި އުޅުނު ތިން ނަރުހަކުވެސް ހިމެނެއެވެ. ކުޅުދުއްފުށިން މާލެ ފޮނުވާލި 7 އަހަރުގެ ކުއްޖ...

ރާއްޖޭގެ ފުޓްސަލް ރަސްގެފާނު "ޖާރޒިއާ"ގެ ބްރޭންޑް އެމްބެސެޑަރ އަކަށް
Sports

ރާއްޖޭގެ ފުޓްސަލް ރަސްގެފާނު "ޖާރޒިއާ"ގެ ބްރޭންޑް އެމްބެސެޑަރ އަކަށް

ރާއްޖޭގެ އެންމެ މަޝްހޫރު އަދި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ބްރޭންޑެއް ކަމަށްވާ ޖާރޒިއާ ވަނީ މިއަދު ސޯޝަލްމީޑިއާގައި، އަލީ ހާފިޒް އެ ބްރޭންޑްގެ ބްރޭންޑް އެމްބެސެޑަރ އަކަށް ސޮއެ ކުރިކަން އިއުލާންކޮށްފައެވެ. އަލީ ހާފިޒް ނުވަތަ އާންމު ނަމުން ނަމަ “ހާއްޕެ” އަކީ މިވަގުތު ރާއްޖޭގައިހުރި އެންމެ ކާމިޔާބު ފުޓްސެލް ކުޅުންތެރިޔާއެވެ. ހާފިޒް ވަނީ މިދިޔަ އަހަރު ބޭއްވި ގިނަ މުބާރާތްތަކުގައި ބައިވެރިވެ، އެންމެ ގިނަ ތަށި ކާމިޔާބު ކުރި ކުޅުންތެރިޔާގެ ލަގަބު ހޯދާފައެވެ. ގިނަ […]

ަޖަނަވަރީމަގު ފިހާރައެއްގައި ރޯވެ އަނދާ އަޅިއަށް
Raajje

ަޖަނަވަރީމަގު ފިހާރައެއްގައި ރޯވެ އަނދާ އަޅިއަށް

ޖަނަވަރީ މަގުގައި ހުރި ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފް އިން ބުނީ ޖަނަވަރީ މަގުގައި ހިނގި އަލިފާނުގެ ހާދިސާ 1:30 ހާއިރު ސިފައިންގެ ފަޔާ އެންޑް ރެސްކިއު އިން ނިއްވާލާފައިވާ ކަމަށާއި އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާވެފައި ނުވާ ކަމަށެވެ. ރޯވެފައިވަނީ ޖަނަވަރީ މަގުގައި ހުންނަ ހެދުން ވިއްކާ “ވެސްޓަޔަރ” ކިޔާ ފިހާރައެއްގަ އެވެ. އަލިފާން ރޯވީ އޭސީގެ އިންޑޯ ޔުނިޓުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިއަލިފާނުގެ ހާދިސާގެ ސަބަބުން ދުމުން ރައްކާތެރިވުމަށް ދުމުގެ އަ...

ކޭއާރުއެޗްއަށް ޒިޔާރަތް ކުރެވޭނީ އިމަރޖެންސީ ހާލަތްތަކުގައި، އޯޕީޑީގެ ޚިދުމަތް ވެސް މެދުކަނޑާލައިފި
Thiladhunmathi News

ކޭއާރުއެޗްއަށް ޒިޔާރަތް ކުރެވޭނީ އިމަރޖެންސީ ހާލަތްތަކުގައި، އޯޕީޑީގެ ޚިދުމަތް ވެސް މެދުކަނޑާލައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ އޯޕީޑީގެ ހިދުމަތް މެދުކަނޑާލައި، އިމަރޖެންސީ ހާލަތްތަކުގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ. އެ ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެ ފޮނުވި އުމުރުން 7 އަހަރުގެ ކުއްޖެއް ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ މިހާރު އޮތީ މޮނިޓަރިން ހާލަތުގައެވެ. އެ ހޮސްޕިޓަލުން ބުނެފައި ވަނީ އެ ހޮސްޕިޓަލްގެ އޯޕީޑީގެ ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށާއި ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން ރަށްރަށުގެ ހެލްތް ސެންޓަރުތައް މެ...

ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކުރި ބިދޭސީއެއް ހައްޔަރުކޮށްފި
Raajje

ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކުރި ބިދޭސީއެއް ހައްޔަރުކޮށްފި

ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުޙުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނެފައިވަނީ އއ. ތޮއްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކުރި މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، 43 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އުމުރުން 31 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ބިދޭސީއެކެވެ. ފުލުހުން ބުނެފައިވާގޮތުގައި ހާއްސައެހީއަށް ބޭނ...

ޒުވާން އަންހެން ކުއްޖެއްގެ ކުއްލި މަރު: އެ ކުއްޖާ ކޯވިޑަށް ޕޮޒިޓިވް
Raajje

ޒުވާން އަންހެން ކުއްޖެއްގެ ކުއްލި މަރު: އެ ކުއްޖާ ކޯވިޑަށް ޕޮޒިޓިވް

ރޭ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ނިޔާވެފައި އޮތް އުމުރުން 21 އަހަރުގެ އަންހެން ކުއްޖާ ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެފި އެވެ. އެޗްއީއޯސީއިން ވެސް ވަނީ އެ ކުއްޖާ ކޯވިޑަށް ޕޮޒިޓިވްކަން މީޑިއާއަށް ކަށަވަރުކޮށްދީފަ އެވެ. އެޗްއީއޯސީން ބުނީ އެ އަންހެން ކުއްޖާ ނިޔާވުމުން ކޯވިޑަށް ޓެސްޓު ކުރުމަށް އޭނާގެ ސާމްޕަލެއް ނެގި ކަމަށާއި އެ ސާމްޕަލްގެ ނަތީޖާ އެ ބައްޔަށް ޕޮޒިޓިވް ކަމަށް ދައްކާފައިވާ ކަމަށެވެ. ފުލުސް އިދާރާއިން ރޭ މެންދަމު ނޫސްވެރިންނަށް […]

''ފަރު ފަޅު ހިއްކާ ނެރު ގޮއްވާ ކަނޑު ފަޅު ގޮނޑުކުރާ ސިޔާސަތަކީ'' ދެކޮޅު ޖެހޭ ސިޔާސަތެއްނޫން: ބޮންޑޭ
Raajje

''ފަރު ފަޅު ހިއްކާ ނެރު ގޮއްވާ ކަނޑު ފަޅު ގޮނޑުކުރާ ސިޔާސަތަކީ'' ދެކޮޅު ޖެހޭ ސިޔާސަތެއްނޫން: ބޮންޑޭ

ތިމާވެށީގެ ނަމުގައި ވިޔަފާރިތައް މަނާކޮށް، ރައްޔިތުންގެ ދިރިއުޅުމާއި އަދި އާމްދަނީއަށް ހުރަސްއަޅާ ޒާތުގެ މުއާހަދާތަކުގައި ސޮއިކޮށް ހިންގާ ބައެއް ކަންކަމަކީ ދެކޮޅު ޖެހޭ ސިޔާސަތެއްނޫންކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ. މެމްބަރު ބޮންޑޭ މިހެން ވިދާޅުވީ ”ހުއިފިލަނޑާގެ ދެ ބާވަތެއް ބޭރު ކުރުމުގެ ހުއްދަ ދިނުން ހުއްޓާލަނީ” މި ސުރުޚީގެ ދަށުގައި ނޫހަކުން ގެނެސްދީފައިވާ ޚަބަރު އޭނާގެ ޓުވީޓާގައި ހިއްސާ ކުރަށްވަމުން ކުރެއްވި ޓުވީޓެއްގައި އެވެ. ބޮންޑޭ ވިދާޅުވީ ތ...