ކަސްޓަމަރުންނަށް ހާއްސަ އޮފާއަކާއި އެކު ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް 20 ސީރީޒްގެ "ގެލެކްސީ ނޯޓް 20" އާއި "ނޯޓް 20 އަލްޓްރާ 5ޖީ" ފޯނަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފި އެވެ.
މި ފޯނުތަކަށް ޕްރީއޯޑާ ކުރަން ޖެހޭނީ އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް "މޫލީ" މެދުވެރިކޮށްގެންނެވެ.
މި ފޯނުތަކަށް އޯޑަރު ކުރެއްވުމަށް އަތޮޅު ތަކުގައި ތިއްބެވި އުރީދޫގެ ކަސްޓަމަރުންނަށް ވެސް އުފާވެރި ޚަބަރެއް އެބައޮތެވެ. އެ ކަސްޓަމަރުންނަށް ވެސް އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް "މޫލީ" މެދުވެރިކޮށް މި ފޯނު ތަކަށް ކޮންމެ ރަށެއްގައި ހުރެގެން ވެސް ޕްރީއޯޑަރު ކުރެވޭނެ އެވެ. އަދި ފޯނު ލިބުމުން އެ މީހެއްގެ ރަށަށް ހިލޭ ފޯރުކޮށް ދޭނެއެވެ.
ދެންއޮތީ އުރީދޫ މެދުވެރިކޮށް މި ފޯނުތަކަށް ޕްރީ އޯޑަރުކުރާ ކަސްޓަމަރުންނަށް ހާއްސަ އޮފާގެ އުފާވެރި ޚަބަރެވެ. މި އޮފާތަކުގެ ދަށުން އާ ލައިންއަޕްގެ ފޯނަށް އޯޑަރު ކުރާ ކަސްޓަމަރުންނަށް ކޮންމެ ސެމްސަންގް ގެލެކްސީ ނޯޓް20 ސީރީޒް ގެ ފޯނަކާއެކު ކޮންމެ މަހަކު 12ޖީބީ ބޯނަސް ޑޭޓާ ހަ މަސް ދުވަހަށް މުޅިން ހިލޭ ލިބިގެންދާނެއެވެ. އަދި ޕްރީބުކް ކުރާ ކޮންމެ ގެލެކްސީ ނޯޓް 20ގެ ފޯނަކާއެކު ސެމްސަންގެ އެންމެ ފަހުގެ ވަޔާލެސް ހެޑްސެޓް ކަމަށްވާ "ގެލެކްސީ ބަޑްސް ލައިވް" ހިލޭ ލިބިގެންދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫއިން ނޯޓް20ގެ "މިސްޓިކް ބްރޮންްޒް" 256ޖީބީ ފޯނު ވިއްކާނީ 18،499 އަށެވެ. އަދި ހަމަ އެކުލައިގެ ނޯޓް20 އަލްޓްރާގެ 256 ޖީބީ ވޭރިއެންޓް ލިބޭނީ 23،399 ރުފިޔާއަށެވެ.
ނޯޓް 20 ސީރީޒަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ "އީސިމް" ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ފޯނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!