ޖަނަވަރީ މަގުގައި ހުރި ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ޖަނަވަރީ މަގުގައި ހިނގި އަލިފާނުގެ ހާދިސާ 1:30 ހާއިރު ސިފައިންގެ ފަޔާ އެންޑް ރެސްކިއު އިން ނިއްވާލާފައިވާ ކަމަށާއި އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާވެފައި ނުވާ ކަމަށެވެ.

Ad
rt

ރޯވެފައިވަނީ ޖަނަވަރީ މަގުގައި ހުންނަ ހެދުން ވިއްކާ "ވެސްޓަޔަރ" ކިޔާ ފިހާރައެއްގަ އެވެ. އަލިފާން ރޯވީ އޭސީގެ އިންޑޯ ޔުނިޓުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިއަލިފާނުގެ ހާދިސާގެ ސަބަބުން ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރުކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް ހެލްތު ޕްރޮޑެކްޝަން އޮތޯރިޓީންވަނީ އިލްތިމާސްކޮށްފައެވެ.

އަދި ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި، ކުޑަދޮރުތައް ރަނގަޅަށް ލެއްޕުމަށް އިސްކަންދިނުމަށްވެސް އެޗް.ޕީ.އޭއިންވަނީ އަންގާފައެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ހެންވޭރުގައި ހުރި ކެފޭއެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ވަނީ ހިނގާފައެވެ. އެ ހާދިސާގައި އެ އިމާރާތް ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.