ރާއްޖޭގެ އެންމެ މަޝްހޫރު އަދި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ބްރޭންޑެއް ކަމަށްވާ ޖާރޒިއާ ވަނީ މިއަދު ސޯޝަލްމީޑިއާގައި، އަލީ ހާފިޒް އެ ބްރޭންޑްގެ ބްރޭންޑް އެމްބެސެޑަރ އަކަށް ސޮއެ ކުރިކަން އިއުލާންކޮށްފައެވެ.
އަލީ ހާފިޒް ނުވަތަ އާންމު ނަމުން ނަމަ "ހާއްޕެ" އަކީ މިވަގުތު ރާއްޖޭގައިހުރި އެންމެ ކާމިޔާބު ފުޓްސެލް ކުޅުންތެރިޔާއެވެ. ހާފިޒް ވަނީ މިދިޔަ އަހަރު ބޭއްވި ގިނަ މުބާރާތްތަކުގައި ބައިވެރިވެ، އެންމެ ގިނަ ތަށި ކާމިޔާބު ކުރި ކުޅުންތެރިޔާގެ ލަގަބު ހޯދާފައެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ހާފިޒްއަކީ ރާއްޖޭގެ ފުޓްސަލްގައި މިހާތަނަށް ވިދާލި އެންމެ އަލި ގަދަ އެއް ތަރި އެވެ.
ޖާރޒިއާގެ ބްރޭންޑް އެމްބެސެޑާރ އަކަށް ހާފިޒް ވިކަން އިޢުލާން ކުރަމުން ޖާރޒިއާއިން ވަނީ ރާއްޖޭގެ "ފުޓްސަލް ކިންގް" ޖާރޒިއާގެ ބްރޭންޑް އެމްބެސެޑަރ އަކަށް ވުމުން އުފާކުރާކަން ފާހަގަކޮށް އެވާހަކަ ސޯޝަލް މީޑިއާގަ ޖަހާފައެވެ.މީގެ އިތުރުން ޖާރޒިއާއިން ވަނީ އެމްބެސެޑަރ ކަން އިއުލާން ކުރުމާ އެކީ ހާފިޒްގެ ލޯގޯވެސް ތަޢާރަފް ކޮށްފައެވެ. މިއީ މިފަދައިން އެތްލީޓަކަށް ޙާއްސަ ލޯގޯއަކާ އެކީ ބްރޭންޑް އެމްބެސެޑަރކަން ރާއްޖޭގައި އިއުލާން ކުރާ ފުރަތަމަ ފަހަރުވެސްމެއެވެ. ޖާރޒިއާ އަންނަނީ މިފަދަ އެތައް ކަމެއްގައި ނަމޫނާ ދައްކަމުންނެވެ.

ހާފިޒްވެސް ވަނީ މި ފުރުސަތު ލިބުނުކަމަށް ޓަކާ ފަޙުރުވެރިވާ ކަމަށާއި މިއީ ސަޕޯރޓަރުންގެ ލޯތްބާއި ތަރުޙީބުގެ ސަބަބުން ލިބުނު ފުރުސަތެއް ކަން ފާހަގަކޮށް، މި ފުރުސަތުކީ ފުޓްސަލް އިން އިތުރަށް ކުރިއަށް ދާން ލިބުނު އާ ހިތްވަރެއްކަން ފާހަގަ ކޮށްފައެވެ.
ޖާރޒިއާ އަކީ ރާއްޖޭގައި ކުޅިވަރުގެ ތަފާތުއެކި ޕްރޮޑްކްޓް ވިއްކާ، ރައްޔިތުންގެ ރުހުމާއި އިތުބާރު ހޯދާފައިވާ، ތަޖުރިބާ ހުރި ޓިމެއް އުޅޭ ބްރޭންޑް އެކެވެ. ޖާރޒިއާ އެންމެ މަޝްހޫރު ވެފައި ވަނީ ތަފާތު ރީތި ޖާރޒީ އާއި ކުޅިވަރާބެހޭ ތަފާތު ކޮލިޓީ ޕްރޮޑަކްޓް އެންމެ ރަނގަޅު އަގެއްގައި ވިއްކާ ބައެއްގެ ގޮތުގައ އާއި ކަސްޓަމަރުންނާއި ބަހައްޓާ ގާތް ގުޅުމާއި އިތުބާރާއެކު ހުރިތާކަށް ޑެލިވަރ ކޮށްދިނުމުގައިވެސް ތަފާތު ދައްކާ ބައެއްގެ ގޮތުގައެވެ.

ޖާރޒިއާގެ މައިގަނޑު މަޤްސަދަކީ ރަނގަޅު ކޮލިޓީ ޕްރޮޑަކްޓާ އެކީ ރާއްޖޭގެ އެތްލީޓުން މިހާރު ހުރި ހިސާބައް ވުރެ އާ އިތުރު ހަރުފަތްތަކަށް ގެންގޮސްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!