ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުޙުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ އއ. ތޮއްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކުރި މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، 43 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
އުމުރުން 31 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ބިދޭސީއެކެވެ.
ފުލުހުން ބުނެފައިވާގޮތުގައި ހާއްސައެހީއަށް ބޭނުންވާ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ހުށަހަޅާފައިވަނީ އިއްޔެ އެވެ. އަދި ބަންގްލަދޭޝް ފިރިހެނަކު މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ މިއަދު ކަމަށްވެސް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!