ރައްޔިތުންގެ މަޖިލިސްގެ މިހާރު ހިނގަމުންދާ 2020 ވަނަ އަހަރުގެ ދެވަނަ ދައުރު ދަންމާލަން ފާސްކޮށްފިއެވެ.

މަޖިލިސްގެ ދައުރު ދަންމާލަން ފާސްކުރީ ރިއާސަތުގައި އިންނެވި، މަޖިލިސްގެ ނައިބު ރައީސް އެ ގޮތަށް ހުށަހަޅުއްވައިގެންނެވެ.

Ad
rt

މިރޭ މަޖިލިސްއިން ނިންމި ނިންމުމުގެ ދަށުން މިހާރު ހިނގަމުންދާ މަޖިލިސްގެ ދައުރު ނިންމާ ޖަލްސާ އޮންނާނީ ސެޕްޓެމްބަރު 7 ވާ ހޯމަ ދުވަހުއެވެ.

މަޖިލިސްގެ ދައުރު ދަންމާލުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރިޔާސަތުން ވިދާޅުވީ، ކޯވިޑްގެ މިހާލަތުގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ މަސައްކަތަށް ޓޫރިޒަމް މިނިސްޓަރަށް ރުހުން ނުދީ ދައުރު ނިންމާލަން ނުފެންނަ ކަމަށެވެ.

މަޖިލިސްގެ 19 ވަނަ ދައުރުގެ އެއްވެސް ދައުރެއް މިހާތަނަށް ދައުރު ނިންމާލަން އޮންނަ ދުވަހު ނިންމާ ނުލެވޭ ކަމަށް ވެސް ރިޔާސަތުން ފާހަގަ ކުރެއްވިއެވެ.

މަޖިލިސްގެ ދައުރު އަންނަ ހޯމައިގެ ނިޔަލަށް ދަންމާލަން ފާސްކުރީ 67 މެމްބަރުންގެ ވޯޓާއި އެކުގައިއެވެ.

މި ޖަލްސާގައި ވަނީ ދައުލަތުގެ ބަޖެޓުގައި ބޮންޑު ވިއްކައިގެން އާމްދަނީ ހޯދަން ހިމަނާފައިވާ އަދަދަށް ވުރެ އިތުރަށް ބޮންޑު ވިއްކުމަށް 70 މެމްބަރުންގެ ވޯޓުން، މަރުކަޒީ ބޭންކް އެމްއެމްއޭއަށް ހުއްދަ ދީފައެވެ.