ރައީސާއި، ނައިބު ރައީސް ރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރޭ މާލޭ ބޮޑުތަކުރުފާނު މަގުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ހާދިސާގައި ލިބިފައިވާ ގެއްލުންތައް ބައްލަވާ ލައްވައިފިއެވެ. މީގެ އިތުރުން ރައީސުލް ޖުމްޙޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ވެސް ވަނީ ރޭ އެ ސަރަޙައްދަށް ވަޑައިގެން ފައެވެ. ރައީސް ޞާލިޙް އެ ސަރަޙައްދަށް ވަޑައިގެން މި ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާގުޅޭ އިދާރާތަކުން ކުރަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު ސާފު ކުރ...