އެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވަނިކޮށް ފިލާފައިވާ ބިދޭސީންތަކެއް ހޯދަން ފޮޓޯ އާންމުކޮށްފިއެވެ.

މިގޮތުން ފުލުހުން މިއަދު ވަނީ ކަރަންޓީނު ފެސިލިޓީތަކުން ފިލާފައިވާ11 ބިދޭސީއެއް ހޯދަން ފޮޓޯ އާންމު ކޮށްފައެވެ.

Ad
rt
ފުލުހުން ހޯދަން ޢިއުލާންކުރި 11 ބިދޭސީން، ފޮޓޯ: ޕޮލިސް

"މަތީގައިވާ ފޮޓޯއިން ފެންނަ މީހުންނަކީ، އެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވަނިކޮށް ފިލާފައިވާތީއާއި، ގަވާއިދާ ހިލާފަށް އުޅޭތީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފިލާފައިވާ މީހުންނެވެ." ފޮޓޯ އާންމު ކުރުމަށްފަހު ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ހޯދަމުންދާ 11 ބިދޭސީން

  • ރޮޕަކް ކުރި، ލަކްސްމިޕޫރ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BM0938722)،
  • ބައްޗު، ކޮމިއްލަ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BR0872347)،
  • އެމް.ޑީ ސަހަޑަ މަތުއްބަރު، ޕަރިޑްޕޫރ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BH0071524)،
  • އެމް.ޑީ މިލޮން ޝެކް، ޖެނައިޑާހް، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0843257)،
  • ސުމޮން އަޙްމަދު ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0876943)،
  • ރަބް، ކޮމިއްލަ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0857437)
  • މުޙައްމަދު ރުބެލް މިއަހް،ކޮމިއްލަ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0329984)،
  • މަޒްނު ޕްރަމަނިކް، ރަޖްބަރީ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BJ0081953)،
  • އެމް.ޑީ ޝާހާ ޢަލީ، ރަޖްބަރީ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BM0067339)،
  • ޚޯކޮން މާލިކު، ޗަންދުޕޫރ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0536661)،
  • ޝަހާދަތު ޙޮސައިން، ޗަންދުޕޫރ، ބަނގްލަދޭޝް. (ޕާސްޕޯޓް ނަންބަރު: BE0524543)،

މި މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ރާއްޖޭގައި ކޯވިޑް ފެތުރެން ފެށި ދުވަސްވަރު އެންމެ ގިނައިން ޕޮޒިޓިވްވަމުން ގޮސްފައިވަނީ ބިދޭސީންނެވެ. ރާއްޖެއިން މިހާތަނަށް ތިންހާހަށްވުރެ ގިނަ ބިދޭސީން ޕޮޒިޓިވްވެފައިވާއިރު އެންމެ ގިނައިން ޕޮޒިޓިވްވީ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް ބަންގްލަދޭޝްގެ 2309 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.