Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,680 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓްގައި ރާއްޖޭގެ ހިރިގަލު 6 މިސްކިތެއް ހިމަނަން ކުރާ މަސައްކަތް ކުރިއަށް
Raajje

ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓްގައި ރާއްޖޭގެ ހިރިގަލު 6 މިސްކިތެއް ހިމަނަން ކުރާ މަސައްކަތް ކުރިއަށް

‏ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓްގައި ރާއްޖޭގެ ހިރިގަލު 6 މިސްކިތެއް ހިމަނަން ކުރާ މަސައްކަތް ކުރިއަށްދާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނެފިއެވެ. ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި 2013 ވަނަ އަހަރު ދިވެހިރާއްޖޭގެ 6 ހިރިގަލު މިސްކިތެއް ވަނީ ހިމެނިފައެވެ. އެ މިސްކިތްތައް ‏ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓްގައި ހިމެނުމުގެ މަސައްކަތް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އަންނަނީ ކުރަށްވަމުންނެވެ. ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަ...

ދިރާއްޖެއަށް ގުޅާލެވޭ ސަބްމެރިން ކޭބަލްތަކުގެ ޑައިވަރސިޓީ އިތުރުކުރަންޖެހޭ: މަލީޙް
Raajje

ދިރާއްޖެއަށް ގުޅާލެވޭ ސަބްމެރިން ކޭބަލްތަކުގެ ޑައިވަރސިޓީ އިތުރުކުރަންޖެހޭ: މަލީޙް

ދިރާއްޖެއަށް ގުޅާލެވޭ ސަބްމެރިން ކޭބަލްތަކުގެ ޑައިވަރސިޓީ އިތުރުކުރަންޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މަލީޙް މިހެން ވިދާޅުވީ ޑަބްލިއު.އެސް.އައި.އެސްގެ 2020 ވަނަ އަހަރުގެ މިނިސްޓީރިއަލް ރައުންޑް ޓޭބަލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރު މަލީޙް ވިދާޅުވީ 21 ވަނަ ޤަރުނުގެ ރައްޔިތުންގެ އުއްމީދުތައް ފުރިހަމަކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް މިހާރު ކުރި...

އުތީމުގައި ވޮލީ ކޯޗިން ކޭމްޕެއް ބާއްވަނީ
Thiladhunmathi News

އުތީމުގައި ވޮލީ ކޯޗިން ކޭމްޕެއް ބާއްވަނީ

ހއ. އުތީމުގައި ވޮލީ ބޯޅަ ކޯޗިން ކޭމްޕެއް ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އުތީމުގައި މި ބާއްވާ ވޮލީ ބޯޅަ ކޯޗިން ކޭމްޕަކީ އުތީމު ކައުންސިލާއި، އުތީމު ޕޮލިސް ޑެސްކާއި އަދި އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ބާއްވާ ވޮލީ ކޯޗިން ކޭމްޕެކެވެ. މި ކޯޗިން ކޭމްޕް ކުރިއަށް ގެންދަން ނިންމާފައި ވަނީ 24 ސެޕްޓެމްބަރު 2020 އިން 3 އޮކްޓޯބަރު 2020 އަށެވެ. އަދި މިވޮލީ ކޯޗިން ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ […]

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢަލީ ރަޝީދު އާއި ޑރ މުޙައްމަދު އިބްރާހީމް ޢައްޔަންކުރައްވައިފި
Raajje

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢަލީ ރަޝީދު އާއި ޑރ މުޙައްމަދު އިބްރާހީމް ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް މިއަދު ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި ދެ ބޭފުޅުންނަކީ، ދަފްތަރު. ނަންބަރު ރސ 2302، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނާއި، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގެ، ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމ...

ތާށިވެފައިވާ އޮތް ތައުލީމުގެ ބިލަށް ޓީޗަރުންގެ ޖަމްޢިއްޔާގެ އިސްލާޙްތަކެއް
Raajje

ތާށިވެފައިވާ އޮތް ތައުލީމުގެ ބިލަށް ޓީޗަރުންގެ ޖަމްޢިއްޔާގެ އިސްލާޙްތަކެއް

ރައްޔިތުންގެ މަޖިލިސްގައި މަސައްކަތް ނުނިމި ތާށިވެފައި އޮތް ތަޢުލީމުގެ ބިލަށް ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް)އިން ގިނަ އިސްލާހްތަކެއް ހުށަހަޅައިފިއެވެ. ޓީއޭއެމް އިން ތައުލީމުގެ ބިލަށް އިސްލާޙްތަކެއް ހުށަހެޅުމާއިއެކު މިހާރު އޮތް ތަޢުލީމާއި ބެހޭ ޤާނޫނުގައި ހުރި، އެ ޖަމްޢިއްޔާއިން ކަންބޮޑުވާ މާއްދާތައް ފާހަގަކޮށް އެ މާއްދާތަކާއި ގުޅޭ އެޖަމްޢިއްޔާގެ ކަންބޮޑުވުންތަކާއި، ޚިޔާލުތައް ވެސް ހުށަހަޅާފައި ވެއެވެ. މިގޮތުން އެ ޖަމްޢިއްޔާއިން ތަޢުލީމުގެ ބިލުގައި ހިމެނުމަށް އެދިފައިވާ ބައެއް ނުކ...

ވަގަށް ނެގި 352،500 ރުފިޔާ ހޯދައިފި
Raajje

ވަގަށް ނެގި 352،500 ރުފިޔާ ހޯދައިފި

ލ. ކަލައިދޫ ގެއަކުން ވަގަށް ނެގި 352،500 (ތިން ލައްކަ ފަންސާސް ދެ ހާސް ފަސްސަތޭކަ ރުފިޔާ) ރޭ ހޯދައިފި އެވެ. ފުލުހުންބުނެފައިވަނީ، ލ. ކަލައިދޫ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިގެން އިއްޔެ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ އަތޮޅު ގަމާއި އިސްދޫ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ފައިސާތައް ހޯދާފައި ވަނީ ރަށުތެރޭގައި ވަޅުލާފައި ހުއްޓަ އެވެ. އެ ސަރަހައްދު ބަލައި ފާސްކުރިއިރު ތިން ލައްކަ ފަންސާސް ދެ ހާސް […]

ނޭކުރެންދޫ ފަތިސް ޔުނައިޓެޑުން ބުނަނީ މީ ފެށުމެއް ކަމަށް
Thiladhunmathi News

ނޭކުރެންދޫ ފަތިސް ޔުނައިޓެޑުން ބުނަނީ މީ ފެށުމެއް ކަމަށް

ހދ. ނޭކުރެންދޫ ރައްޔިތުން އާންމުކޮށް މޫދަށްއެރި އުޅޭ ސަރަޙައްދުން ފެންވެރޭނޭގޮތް އެރަށު “ފަތިސް ޔުނައިޓެޑް” އިން ފަހިކޮށްދީފިއެވެ. ނޭކުރެންދޫ ފަތިސް ޔުނައިޓެޑުން އިސްނަގައިގެން އެރަށުގެ ކައުންސިލާއި ގުޅިގެން ކުރި މި މަސައްކަތަކީ ރަށުގެ ރަަށްޔިތުންނަށް ބޭނުންތެރި، ހަދިޔާއެއް ދިނުމުގެ ގޮތުން ކުރި މަސައްކަތެއްކަމަށް އެޓީމުން ބުންޏެވެ. ނޭކުރެންދޫ ކުރީގެ ނެރާއި ދިމާ، ކައުންސިލާއި ވެސް ދިމާގައި އޮންނަ އެރަށު މީހުން އާންމުކޮށް މޫދަށްއެރި، މަޖާކޮށްލާ އުޅޭ އެސަރަހައްދުން، މޫދަށް އެރިލުމަށްފަހު ފެންވެރޭނޭ...

ޑރ. މައުސޫމަށް ރުހުންދީފި
Raajje

ޑރ. މައުސޫމަށް ރުހުންދީފި

ޓުއަރިޒަމް މިނިސްޓަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައިވާ ޑރ. އަބްދުﷲ މައުސޫމަށް މަޖިލީހުން ރުހުން ދީފިއެވެ. ޑރ. މައުސޫމަށް ރުހުން ދީފައިވަނީ މިއަދު މެންދުރު ފަހު ކުރިއަށްދާ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 34 ވަނަ ޖަލްސާގައެވެ. ޑރ. އަބްދުﷲ މައުސޫމަށް މަޖިލީހުން ރުހުން ދީފައިވަނީ 69 މެންބަރުންގެ ވޯޓުންނެވެ. ޓޫރިޒަމް މިނިސްޓަރު ކަމަށް ޑރ. މައުސޫމް އައްޔަންކޮށްފައި ވަނީ، އެ މަގާމުގައި ހުންނެވި އަލީ ވަހީދު މަގާމުން ވަކިކުރިތާ މަހެއް […]

ރައީސްގެ ހަށިކޮޅުގައި އަލިފާން ޖަހަން ބުނި މީހާ ހައްޔަރުކޮށްފި
Raajje

ރައީސްގެ ހަށިކޮޅުގައި އަލިފާން ޖަހަން ބުނި މީހާ ހައްޔަރުކޮށްފި

ޗެނަލް13 އިން ގެނެސްދިން “ރައްޔިތުންގެ އަޑު” ކިޔާ ޕްރޮގްރާމެއްގައި، ރައީސް ޞާލިޙްގެ ހަށިކޮޅުގައި އަލިފާން ޖަހަން ފެންނަ ކަމަށް ބުނިމީހާ ހައްޔަރު ކޮށްފިއެވެ. ޓެރަރިޒަމަށް ވާގި ދިން އެ މައްސަލާގައި އެމީހާ ހައްޔަރުކޮށްފައި ވަނީ ތ. ވިލުފުށިންނެވެ. ހައްޔަރުކޮށްފައި ވަނީ އެ ރަށު އިރުއައްސޭރި، މުހައްމަދު އިބްރާހިމެވެ. ޗެނަލް13 އިން ގެނެސްދިން “ރައްޔިތުންގެ އަޑު” ކިޔާ ޕްރޮގްރާމެއްގައި، މީހަކު ރައީސް ޞާލިޙްގެ ހަށިކޮޅުގައި އަލިފާން ޖަހަން ފެންނަ ކަމަށް ބުނީ މި ސަރުކާރުން އަމަލުކުރާ ގޮތާ ގުޅޭގޮތުން […]

ދިއްދޫން ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ދިއްދޫން ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ވަނީ ހޯމް ކަރަންޓީނުގައި ތިބި 3 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. ދިއްދޫ ކައުންސިލުން ބުނީ ދިއްދޫގެ ފުލެޓް ނަންބަރު 155 ގައި ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން ކޯވިޑް-19 ބައްޔަށް ޕޮޒިޓިވްވެފައިވާތީ އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެންނަކަމަށެވެ. “ފުލެޓް ނަންބަރު 155 ގައި ހޯމް ކަރަންޓީނުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭފުޅަކާއި […]

ގަދަ ކޮޅިގަނޑެއްގައި ނަރުދޫއަށް ގެއްލުންތަކެއް
Thiladhunmathi News

ގަދަ ކޮޅިގަނޑެއްގައި ނަރުދޫއަށް ގެއްލުންތަކެއް

ރޭ މެންދަމުގެ ށ. ނަރުދޫއަށް އައި ގަދަ ކޮޅިގަނޑުގައި އެރަށުގެ އެންމެ ބޮޑު ދެ ނިކަ ގަސްވެއްޓި، ރައްޔިތުންގެ ގިނަ އަދަދެއްގެ ރުއްގަހަށް ގެއްލުން ވެއްޖެއެވެ. ނަރުދޫއަށް ރޭ އައި ކޮޅުގަނޑުގެ ވައި އެންމެ ގަދަވީ ރޭ މެންދަމު 1 ޖަހާކަށްހާއިރުއެވެ. ފަތިހު ފަހެއް ޖަހަންދެން އެރަށަށް ވަރަށް ގަދައަށް ވައި ޖެހުނެވެ. ރޭގެ ކޮޅިގަނޑުގައި ނަރުދޫގެ ރައްޔިތުންގެ ގިނަ ޢަދެއްގެ ގަސްގަހާ ގެއްސަށް ގެއްލުންވެ، އެތައް ގަހެއް ބިމާ ހަމަވެފައިވާ ކަމަށް ނަރުދޫ ކައުންސިލް މެންބަރު […]

އައިސޮލޭޝަނަށް ގެންދާ ބައެއް މީހުންގެ އަމަލުތައް ބަހައްޓާ ގޮތާއިމެދު ކަންބޮޑުވުން
Raajje

އައިސޮލޭޝަނަށް ގެންދާ ބައެއް މީހުންގެ އަމަލުތައް ބަހައްޓާ ގޮތާއިމެދު ކަންބޮޑުވުން

އައިސޮލޭޝަނަށް ފެސިލިޓީތަކަށް ގެންދާ ބައެއް މީހުން، އެ ފެސިލިޓީތަކުގެ ތަކެއްޗަށް ގެއްލުންދީ އަމަލުތައް ބަހައްޓާ ގޮތުން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަަރު (އެޗްއީއޯސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު މިރޭ ވިދާޅުވީ އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ ބައެއް މީހުން އެތަންތަން ދޫކޮށްފައި ދާއިރު، އެކި ކަހަލަ ގެއްލުންތައް ދީފައި ހުންނަކަން ފަހަކަށް އައިސް ފާހަގަ ކުރެވިފައިވާކަމަށެވެ. ޑރ. ނަޒްލާ...

ދުވާފަރު ޕްރައިމަރީ ސްކޫލަށް އެޑިއުކޭޝަންގެ ހޫނު މަރުޙަބާއެއް
Raajje

ދުވާފަރު ޕްރައިމަރީ ސްކޫލަށް އެޑިއުކޭޝަންގެ ހޫނު މަރުޙަބާއެއް

އެންމެ ފުރަތަމަ ކޮމިއުނިޓީ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބުނު ރ.ދުވާފަރު ޕްރައިމަރީ ސްކޫލަށް އެޑިއުކޭޝަން މިނިސްޓަރީއިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެޑިއުކޭޝަނުން، ދުވާފަރު ޕްރައިމަރީ ސްކޫލްގެ ތާރީޚީ ކާމިޔާބަށް މަރުހަބާ ކިޔާފައި ވަނީ، އެ މިނިސްޓްރީ އިން މިއަދު ފޮނުވި މަރުޙަބާގެ މެސެޖެއްގައެވެ. އެ މެސެޖުގައި ބުނެފައި ވަނީ އެންމެ ފުރަތަމަ ކޮމިއުނިޓީ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބުނު ދުވާފަރު ޕްރައިމަރީ ސްކޫލުގެ އެންމެހާ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާ ކަމަށެވެ. “އަޅުގަނޑުމެންގެ...

ގައުމުގެ މަސްލަހަތު ގެއްލޭ ކަންކަމަށް ސިޔާސީ ޕާޓީތަކުން ހިތްވަރު ނުދޭން ގޮވާލައިފި
Raajje

ގައުމުގެ މަސްލަހަތު ގެއްލޭ ކަންކަމަށް ސިޔާސީ ޕާޓީތަކުން ހިތްވަރު ނުދޭން ގޮވާލައިފި

ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް ސިޔާސީ ޕާޓީތަކުން ހިތްވަރު ނުދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހްމަދު ޝަރީފް ގޮވާލައްވައިފި އެވެ. ޝަރީފު އެގޮތަށް ގޮވާލެއްވީ “ޗެނަލް 13” ގެ ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދެއްކި މީހަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ރޯކުރަން ގޮވާލި މައްސަލައެއް ފެންމަތިވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް އެއްވެސް ގޮތަކަށް ހިތްވަރު ނުދިނުމަށް ގޮވ...

ޤައިދީންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދަށް އަމަލު ކުރަން ފަށައިފި
Raajje

ޤައިދީންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދަށް އަމަލު ކުރަން ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދަށް ޢަމަލު ކުރަން ފަށައިފިއެވެ. ކަރެކްޝަނަލް ސަރވިސްގެ ޤަވާއިދު “ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދު”އަށް އަމަލުކުރަން ފަށާފައި 3 ސެޕްޓެމްބަރު 2020 ވަނަ ދުވަހުއެވެ. މި ޤަވާއިދު އެކުލަވާލުމުގެ މަގްސަދަކީ ޖަލުގައި ހުންނަ ހުރުމުގައި، ޤައިދީންނާއި ބަންދުކޮށްފައިތިބޭ މީހުންގެ އަޚްލާގާއި ސުލޫކާއި އުޅުމާއި ގުޅުންތައް ދަމަހައްޓަންޖ...