‏ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓްގައި ރާއްޖޭގެ ހިރިގަލު 6 މިސްކިތެއް ހިމަނަން ކުރާ މަސައްކަތް ކުރިއަށްދާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނެފިއެވެ.

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި 2013 ވަނަ އަހަރު ދިވެހިރާއްޖޭގެ 6 ހިރިގަލު މިސްކިތެއް ވަނީ ހިމެނިފައެވެ.

Ad
rt

އެ މިސްކިތްތައް ‏ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓްގައި ހިމެނުމުގެ މަސައްކަތް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އަންނަނީ ކުރަށްވަމުންނެވެ.

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި 2013 ވަނަ އަހަރު ހިމެނިފައިވާ ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް

  • ހއ. އިހަވަންދޫ ހުކުރު މިސްކިތް
  • ރ. މީދޫ ހުކުރު މިސްކިތް
  • މާލޭ ހުކުރު މިސްކިތް
  • މާލޭ ޢީދު މިސްކިތް
  • އދ. ފެންފުށީ ހުކުރު މިސްކިތް
  • ލ. އިސްދޫ ބައު މިސްކިތް
އެ ލިސްޓްގައި ހިމެނިފައިވާ އިހަވަންދޫ ހުކުރު މިސްކިތް

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި މި ހިރިގަލު މިސްކިތްތައް ހިމެނުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭ ގޮތުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނީ ދާއިމީ ލިސްޓުގައި މި މިސްކިތްތައް ހިމެނުމަށް ބޭނުންވާ ނޮމިނޭޝަން ޑޮޒިއަރ 2022 ގައި ޔުނެސްކޯއަށް ފޮނުވުމުގެ މަސައްކަތް ވޯލްޑް މޮނިއުމެންޓް ފަންޑާއި ގުޅިގެން ކުރިއަށް ދާކަމަށެވެ.