ލ. ކަލައިދޫ ގެއަކުން ވަގަށް ނެގި 352،500 (ތިން ލައްކަ ފަންސާސް ދެ ހާސް ފަސްސަތޭކަ ރުފިޔާ) ރޭ ހޯދައިފި އެވެ.
ފުލުހުންބުނެފައިވަނީ، ލ. ކަލައިދޫ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިގެން އިއްޔެ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ އަތޮޅު ގަމާއި އިސްދޫ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ފައިސާތައް ހޯދާފައި ވަނީ ރަށުތެރޭގައި ވަޅުލާފައި ހުއްޓަ އެވެ.
އެ ސަރަހައްދު ބަލައި ފާސްކުރިއިރު ތިން ލައްކަ ފަންސާސް ދެ ހާސް ފަސްސަތޭކަ ރުފިޔާ ފެނިފައި އެވެ. އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 29 އަހަރާއި 38 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަި ކަމަށް ފުލުން ބުނެފައިވެ އެވެ.
ފައިސާ ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރީ ކުށުގެ ރިކޯޑު އޮންނަ ބައެއް ކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!