ޗެނަލް13 އިން ގެނެސްދިން "ރައްޔިތުންގެ އަޑު" ކިޔާ ޕްރޮގްރާމެއްގައި، ރައީސް ޞާލިޙްގެ ހަށިކޮޅުގައި އަލިފާން ޖަހަން ފެންނަ ކަމަށް ބުނިމީހާ ހައްޔަރު ކޮށްފިއެވެ.

ޓެރަރިޒަމަށް ވާގި ދިން އެ މައްސަލާގައި އެމީހާ ހައްޔަރުކޮށްފައި ވަނީ ތ. ވިލުފުށިންނެވެ. ހައްޔަރުކޮށްފައި ވަނީ އެ ރަށު އިރުއައްސޭރި، މުހައްމަދު އިބްރާހިމެވެ.

Ad
rt

ޗެނަލް13 އިން ގެނެސްދިން "ރައްޔިތުންގެ އަޑު" ކިޔާ ޕްރޮގްރާމެއްގައި، މީހަކު ރައީސް ޞާލިޙްގެ ހަށިކޮޅުގައި އަލިފާން ޖަހަން ފެންނަ ކަމަށް ބުނީ މި ސަރުކާރުން އަމަލުކުރާ ގޮތާ ގުޅޭގޮތުން ޕްރޮގްރާމް ހުށަހަޅައިދޭން އިން ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

"އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށް ވެސް ވާހަކައަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ ގައިގައި އަލިފާން ޖަހަން،" އެމީހާ ބުންޏެވެ.

އެކަމާއި ގުޅިގެން ޗެނަލް13އިން ބުނެފައި ވަނީ އެ ޗެނަލްއިން ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑު ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ޞާލިޙަށް ނިސްބަތްކޮށް އޭނާ އަށް، ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާންޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ޚިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށެވެ.

އެމީހާ އެހެން ބުނުމާއެކު ޗެނަލް13 އިން ވަގުތުން އެ ފޯނު ކޯލް މެދުކަނޑާލި ކަމަށާއި، އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މަޢާފަށް އެދޭ ކަމަށް އެޗެނަލުން ވަނީ ބުނެފައެވެ.