ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް ސަނަދު ދޫކުރުމުން އެވިޑް ޖޫރިމަނާކޮށްފި
ޤަވާއިދާ ޚިލާފަށް، ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައެއްގައި އެވިޑް ކޮލެޖު ޖޫރިމަނާކޮށްފައިވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ބުނެފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ މީގެ ކުރިންވެސް މިފަދަ މައްސަލައެއްގައި އެ ކޮލެޖަށް ނަސޭހަތްތެރިވެ ފިޔަވަޅު އަޅާފައި ވަނިކޮށް، އެކަން ތަކުރާރުވުމާ ގުޅިގެންނެވެ. އެމްކިޔުއޭ އިން ބުނި ގޮތުގައި، އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައާ ގުޅިގެން، މިއަހަރުގެ ކުރީކ...