އޮޅުވެލި ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް
އޮޅުވެލި ބީޗު ރިސޯޓްގެ ގެސްޓް ކޮޓަރި ބްލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، 2 ކޮޓަރިއަށް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މިހާދިސާ ހިނގިކަން އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ ރޭ 00:25 ހާއިރު ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއިއެކު އެމްއެންޑީއެފްގެ ފަޔަރއެން ރެސްކިއުގެ ލޯންޗެއް ހަރަކާތްތެރިވާން ފެށި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ ހާދިސާގައި އަލިފާން ރޯވީ އެ ރިސޯޓުގެ ގެސްޓް 4 ކޮޓަރީގެ ބްލޮކެއްގައެވެ. އޭގެ ތެރެއިން 2 ކޮޓަރިއަށް ވަރަށް ބޮޑަށް...