ކެލާ ކައުންސިލާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް ގުޅިގެން ހއ. ކެލާގައި ތަރައްގީކުރި ޕާކު ހުޅުވައިފިއެވެ.

''ވައިލެޓް ޕާކު''ގެ ނަން ދީފައިވާ މި ޕާކު ހުޅުވުން އޮތީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު، 16:30ގައި އެ ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

Ad
rt

މި ރަސްމިއްޔާތުގައި ކެލާގެ ކުދިބޮޑު ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، އެ ރަސްމިއްޔާތަށް ދައުވަތު ދެމުން ކެލާ ކައުންސިލުން ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވާ އެންމެންވެސް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުކޮށް ދޭން އެދިފައެވެ.

އެ ޕާކު ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ކުޑަކުދިންގެ ހަވީރަކާއިއެކު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފޮޓޯ: ކެލާ ކައުންސިލް

ކެލާގައި، ކެލާ ކައުންސިލުންނާއި، ޔޫތު މިނިސްޓްރީ ގުޅިގެން ތަރައްގީކުރި ޕާކު ހުޅުވިއިރު، ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން، އެރަށު ގޮނޑު ދޮށުގައި ތަރައްޤީ ކުރި ''އޮޑި ބަން ޕާކު'' ވެސް ވަނީ، ނިމުނު 2020 ވަނަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހު، ހުޅުވައި ފައެވެ.

ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މި ޕާކު ތަރައްޤީކޮށްފައި ވަނީ އެރަށުގެ ''އޮޑި ބަން މަގު''ގެ ގޮނޑުދޮށު ސަރަޙައްދުގައެވެ.