ހއ. އިހަވަންދޫ ނަސްފަރު ޙުސައިން ރަޝީދު (ޙުސައިން ރަޝީދުބެ)ގެ ކިޑްނީ ބަދަލުކުރުމަށް އެހީތެރިވުމުގެ ގޮތުން، ފެނަކަ އިހަވަންދޫ ބްރާންޗްގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ހަދިޔާކޮށްފިއެވެ.

މިގޮތުން އެ ބްރާންޗްގެ މުވައްޒަފުން ވަނީ އެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރައިގެ އިތުރުންވެސް އިހްސާންތެރިކަމުގެ ގޮތުން އިތުރު ފައިސާވެސް ހުސައިން ރަޝީދުބެއަށް ހަދިޔާކޮށްފައެވެ. އަދި އެފައިސާ ރޭ ވަނީ އެ ބްރާންޗްގެ މުވައްޒަފުންގެ ފަރާތުން، ހުސައިން ރަޝީދުބެ ޢާއިލާއާއި ހަވާލުކޮށްފައެވެ.

Ad
rt

އެކަމާއިގުޅިގެން ފެނަކަ އިހަވަންދޫ ބްރާންޗުން ބުނީ، ހުސައިން ރަޝީދުބެގެ ބޭސްފަރުވާއަށް، ކިޑްނީ ބަދަލުކުރުމަށް އެހީތެރިވުމުގެ ގޮތުން ފެނަކަ އިހަވަންދޫ ބްރާންޗްގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ދެއްވާ އެހީ، ކޮންމެ މުވައްޒަފެއްގެ 1 ދުވަހުގެ މުސާރަ އަދި ބައެއް މުވައްޒަފުންގެ އިހްސާންތެރިކަމުން އިތުރަށް ދެއްވި ފައިސާ މިރޭ ހަވާލު ކުރެވިފައިވާ ކަމަށެވެ.

''މިއީ ފެނަކަ އިހަވަންދޫ ބްރާންޗްގެ މުވައްޒަފުންނާއި މެދު މެނޭޖްމެންޓުން ފަޚްރުވެރިވާކަމެކެވެ. އަދި އިންސާނިއްޔަތައް ދެއްކި ނަމޫނާއެކެެވެ. މިކަމަށްޓަކައި އެންމެހައި މުވައްޒަފުންނަށް ޝުކުރު ދަންނަވަމެވެ. އަދި މާތް ﷲ ހުސައިން ރަޝީދުއަށް އަވަސް ޝިފާއެއް ދެއްވާ، ފުރިހަމަ ސިއްޙަތެއް މިންވަރުކުރަށްވާށި. އާމީން.''

އެ ބްރާންޗުން ބުނެފައި ވެއެވެ.

ހއ. އިހަވަންދޫ ނަސްފަރު ޙުސެން ރަޝީދަކީ ހެޔޮލަފާ ފިރިއެކެވެ. ނަމޫނާ ބައްޕައެކެވެ. އިމާމެކެވެ. އިހަވަންދޫއަށް ދީނީ އަދި އިޖްތިމާޢީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވި އަދި ކޮށްދެއްވަމުން އަންނަ ޚިދުމަތްތެރިއެކެވެ. ހުސެއިންގެ ދެ ކިޑްނީ ފެއިލްވެ، ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް މިއަދު ވަނީ ޖެހިފައެވެ. ޑައިލިސިސްގެ ކަންކަން މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފުރިހަމަ ކުރަމުން އަންނަ ހުސެއިން ބޭނުންވަނީ ތި އެންމެ ފަރާތްތަކުގެ ދީލަތި އެހީއާއި ހެއޮދުޢާއެވެ. ހުސެއިންގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ކިޑްނީ މި ވަގުތު ހަމަޖެހިފައި ވީ ނަމަވެސް އެކަން ކުރުމަށް ހުރަސްއަޅަނީ މާލީ ދަތިކަމެވެ. މާލީ ތަނަވަސް ކަމެވެ.

ހުސެއިން ރަޝީދަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް:

ހއ. އިހަވަންދޫ ނަސްފަރު ޙުސެން ރަޝީދަކީ އިހަވަންދޫއަށް އިޖުތިމާޢީގޮތުން ގިނަގުނަ މަސައްކަތްތަކެއްކޮށްދެއްވި ޚިދުމަތްތެރިއެކެވެ. ދީނީ އަދި ޤައުމީ ރޫޙުގައި މަސައްކަތްކުރި ދަރުމަވެރިއެކެވެ. މިއަދު ހުސެންވަނީ އަޅުގަނޑުމެންގެ އެހީތެރިކަމަށް ނުހަނު ބޭނުންވެފައެވެ. އޭނާދަނީ ކިޑުނީބައްޔަށް ފަރުވާހޯދަމުންނެވެ. ހުސެންގެ އާއިލާގެ ފަރާތުން އެދެނީ އޭނާގެ ކިޑުނީ ޓްރާންސްޕްލާންޓް ހެދުމަށް ތިޔަފަރާތުގެ ދީލަތި އެހީތެރިކަމާއި ހެޔޮދުޢާއަށެވެ. އާއިލާގެ ފަރާތުން މައުލޫމާތުދޭގޮތުގައި ހުސެންއަށްވަނީ ކިޑްނީ ޑޯނަރ އެއްލިބިފައެވެ. ތިޔަލޮބުވެތިއަޚުންނާއި އުޚުތުންގެ ފަރާތުން ހުސެންއަށް އެހީތެރިވެދެއްވާ!

7714250915101( MVR)
HUSSAIN RASHEED

7730000177462 (USD)
Aminath Nifleen

For more info: 9466712

އިތުރު މައުލޫމާތު ހޯއްދެވުމަށް: 9466712

ހުސެއިން ރަޝީދުބެއަށް އެހީތެރިކަން ހޯދުމަށް އިހަވަންދޫ ކުލަބް ޕޯލްސްޓާއިން ވެސް ގެންދަނީ "ހުސެއިން ރަޝީދުބެއާއި އެކު އެންމެން" ގެ ނަމުގައި ހާއްޞަ ހަރަކާތެއް ކުރިއަށް ގެންދަމުންނެވެ. ހުސެއިންއަކީ އިހަވަންދޫ ކުލަބް ޕޯލްސްޓާގެ މުއައްސިސްވެސް މެއެވެ.