ހދ. ކުޅުދުއްފުށީ ސިޓީގައި ދެ ބައެއްގެ މެދުގައި މާރާމާރީއެއް ހިނގައި، ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

މި މާރާމާރީ ހިނގާފައި ވަނީ މިއަދު މެންދުރެއްހާއިރު، އެ ސިޓީގެ ބަނދަރު ސަރަހައްދުގައެވެ.

Ad
rt

ފުލުހުން ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގެ ބަނދަރު ސަރަހައްދުގައި ދެ ބައެއްގެ މެދުގައި މާރާމާރީއެއް ހިނގާފައިވާ މައްސަލަ މިއަދު މެންދުރު 14:30 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެގެން ފަރުވާދޭން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން 27 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.