ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކޯސްތަކަށް ވަނުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެމްއެންޔޫއިން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި އެ ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށެވެ.
އެގޮތުން ކޯސްތަކަށް ވަނުމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 21 ޖަނަވަރީ 2021ވާ ބުރާސްފަތި ދުވަހުގެ 23:59 އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް studentservices@mnu.edu.mv އަށް މެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެކަމަށް އެ ޔުނިވަރސިޓީއިން ބުނެފައިވެ އެވެ.
ކޯސްތަކާ ބެހޭ މަޢުލޫމާތު /mv.edu.mnu.courses އިން ލިބެން ހުންނާނެކަމަށާއި ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް /apply/mv.edu.mnu ގައިވާ ޕޯރޓަލް މެދުވެރިކޮށްކަމަށް އެފަރާތުން ބުނެއެވެ.
އެޔުނިވަރސިޓީގެ އެކި ކެންޕަސްތަކުގައި 115 ކޯހެއް މިއަހަރު ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!