Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,690 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ދެމީހަކު ޕޮޒިޓިވްވެ، ހަނިމާދޫ މޮނިޓަރިންނަށް!
Thiladhunmathi News

ދެމީހަކު ޕޮޒިޓިވްވެ، ހަނިމާދޫ މޮނިޓަރިންނަށް!

އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހަނިމާދޫން ޕޮޒިޓިވްވީ އަންހެނަކާއި، ކުޑަކުއްޖެކެވެ. އެއީ ދެމައިންނެވެ. އެމީހުން އއ. މަތިވެރިން، ހަނިމާދޫއަށް ދަތުރުކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ޕޮޒިޓިވް 10 ކޭސް ފެނުމުން މަތިވެރި މޮނިޓަރިންނަށްލީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ”ތިލަދުން”އަށް ވިދާޅުވީ، މަތިވެރިން އެރަށަށް ދަތުރުކުރި ތިން މީހެއްގެ ސާމްޕަލް ނެގީ...

ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ވިދާޅުވީ، ކެލާއިން މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެފަ ވާކަމަށެވެ. އަދި އެމީހާއަކީ އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ހުރި މީހެއް ކަމަށެވެ. އެމީހާ ކޯވިޑަށް ޕޮޒިޓިވްވެފައި ވާކަން އެނގުނީ، އޭނާ ހޯމް ކަރަންޓީނުގައި ހުއްޓާ ބަލީގެ އަލާމާތްތައް ފެނުމުން ކޯވިޑްއަށް ޓެސްޓް ކުރުމުން ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެއެވެ. “ހޯމް ކަރަންޓީނަށް މާލެއިން އައިސް ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި […]

13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
Raajje

13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. އެމައްސަލައާއި ގުޅިގެން ފުލުހުން މިއަދު އާންމުކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، އެ އިދާރާގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕަރޓްމަންޓަށް ހުށަހެޅުމާއި ގުޅިގެން، މިމައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ. މިމައްސަލަ ހުށަހެޅުމާއި ގު...

އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން ފަށައިފި
Raajje

އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން ފަށައިފި

މިމަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ ޢިއުލާން ކުރަން ފަށައިފިއެވެ. މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން ފަށާފައި ވަނީ މިއަދު މެންދުރު 2:00ގަ އެވެ. އަދި  މި އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާނުކޮށް ނިންމާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. ވޯޓުލައި ނިމޭތާ 14 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރަން އިންތިޚާބާބެހޭ ގާނޫނު ލާޒިމު ކުރެ އެވެ. […]

ކެންދޫ މަޤާމުފުޅު މަރާމާތުކޮށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރިއަށް
Raajje

ކެންދޫ މަޤާމުފުޅު މަރާމާތުކޮށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރިއަށް

ބ. ކެންދޫ މަޤާމުފުޅު މަރާމާތުކޮށް، ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފިއެވެ. އެ މަރުކަޒުން މިއަދު ބުނީ ކެންދޫ މަޤާމުފުޅު މަރާމާތުކޮށް، އެ ބިނާ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އެމް ދާއިރާ އިންވެސްޓްމަންޓް އާއިއެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ އެއްބަސްވުމުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ3 ވަނަ ދުވަހު ސޮއިކޮށްފައިވާއިރު، މި މަސައްކަތް ހަވާލުކޮށްފައި ވ...

ގޭޖްއިން 100 ޒުވާނުންނަށް ވަޒީފާގެ ފުރުސަތު!
Business

ގޭޖްއިން 100 ޒުވާނުންނަށް ވަޒީފާގެ ފުރުސަތު!

ރާއްޖޭގައި ފުޅާދާއިރާއެއްގައި ސެކިއުރިޓީގެ ޚިދުމަތް ދެމުންއަންނަ ގޭޖްއިން ރާއްޖޭގެ 100 ޒުވާނަކަށް ހިލޭ ތަމްރީނުދީ، ވަޒީފާގެ ފުރުޞަތުދޭން ނިންމައިފިއެވެ. މިގޮތުން ގޭޖްގެ ޗެއާމަން އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟް މިއަދު ވަނީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހުލޫފްއާއި ބައްދަލުކުރަށްވައި، ގޭޖްގެ ފަރާތުން ދިވެހި 100 ޒުވާނަކަށް އެ ފުރުޞަތުދޭން ނިންމާފައިވާކަން ހާމަކުރަށްވައި، އެކަމާއިގުޅޭ މައުލޫމާތު ޔޫތު މިނިސްޓަރު މަހްލޫފްއާއި ހިއްސާ ކުރަށްވާ...

5 ޕަސެންޓަށްވުރެ ކޯވިޑް ކޭސްތައް މަތި 6 ރަށެއް
Raajje

5 ޕަސެންޓަށްވުރެ ކޯވިޑް ކޭސްތައް މަތި 6 ރަށެއް

5 ޕަސެންޓަށް ވުރެ ކޮވިޑު ޕޮޒިޓިވިޓީ ރޭޓު މަތިރަށްރަށް އާންމުކޮށްފި އެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ރޭ ހާމަކުރެއްވި ގޮތުގައި ގްރޭޓާ މާލޭ އޭރިއާގެ އިތުރުން އަތޮޅުތަކުގެ6 ރަށެއް 5 ޕަސެންޓަށް ވުރެ ކޮވިޑު ޕޮޒިޓިވިޓީ ރޭޓު މަތި ރަށްތައް ގޮތުގައި ހިމެނެއެވެ. އެ ރަށްތަކަކީ ބ. މާޅޮސް، ޅ. ނައިފަރު، ތ. ވޭމަންޑޫ، ކ. ހުރާ، ކ، ދިއްފުށި އަދި އދ. މާމިގިއްޔެވެ. މީގެއިތުރުން މިވަގުތު މޮނިޓަރިން ހާލަތުގައި ހުރި ރަށްތައް ވެސް އެޗްޕީއޭއިން […]

ދިރާސީ އާ އަހަރުގެ އެކަޑެމިކް ކަލަންޑަރު ނެރެފި
Raajje

ދިރާސީ އާ އަހަރުގެ އެކަޑެމިކް ކަލަންޑަރު ނެރެފި

މިއަހަރުގެ އޯގަސްޓު މަހުގައި ފަށަން ނިންމާފައިވާ އާ ދިރާސި އަހަރުގެ، އެކަޑެމިކް ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެފި އެވެ. ކޮންމެ އަހަރެއްގެ ވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އެ އަހަރެއްގެ އޯގަސްޓް މަހުކަމަށް ހަމަޖެއްސީ މިއަހަރުގެ މާރިޗް މަހުގެ 7 ވަނަ ދުވަހުއެވެ. މީގެ ކުރިން ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން އާ ދިރާސީ އަހަރު […]

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މެއި 29 ބާއްވަން ނިންމައިފި
Raajje

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މެއި 29 ބާއްވަން ނިންމައިފި

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އަދި ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑެމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބު މެއި މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. އެމްޑީޕީން މިރޭ ނެރެފައިވާ ޢިއުލާނެއްގައި ބުނެފައި ވަނީ އެޕާޓީގެ ދާއިރާތަކުގެ ހިންގާ ކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިހާބު މެއި 29 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައި ވާކަމަށެވެ. އެ ޕާޓީން ބުނީ މި އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ދާއިރާތަކުގައި ހިމެނޭ […]

އަފީފުއްދީން ސްކޫލުގައި ޤާއިމްކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް އިފްތިތާހުކޮށްފި
Thiladhunmathi News

އަފީފުއްދީން ސްކޫލުގައި ޤާއިމްކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް އިފްތިތާހުކޮށްފި

ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލުގައި ޤާއިމްކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް އިފްތިތާހުކޮށްފި އެވެ. އަފީފުއްދީން ސްކޫލްގެ އިތުރުން ޏ. ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގައި ވެސް ވަނީ “އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް” ޤާއިމްކޮށްފަ އެވެ. އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ގާއިމުކުރެވުނު މި “އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް” ޤާއިމްކުރުމުގެ މަޝްރޫއު ނިމި، އެކަން ފާހަގަކުރުމުގެ ގޮތުން ވަރޗުއަލްކޮށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ...

ދީނާ ދެކޮޅަށް ބަސް ބުނާ މީހަކަށް ދިވެހިން އިތުބާރެއް ނުކުރާނެ: އިބްރާހީމް ރަޝީދު
Raajje

ދީނާ ދެކޮޅަށް ބަސް ބުނާ މީހަކަށް ދިވެހިން އިތުބާރެއް ނުކުރާނެ: އިބްރާހީމް ރަޝީދު

އިސްލާމް ދީނާ ދެކޮޅަށް ބަސް ބުނާ މީހަކަށް ދިވެހިން އިތުބާރެއް ނުކުރާނެ ކަމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ސެއިޚްގެ އެ ޕޯސްޓްގައި ވަނީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ނަމަވެސް، އިސްލާމް ދީނާއި ދެކޮޅަށް ބަސް ނުބުނުމަށް އެދި ވަޑައިގެންފަ އެވެ. އަދި އިސްލާމް […]

ޢާޠިފާ ޑެޕިއުޓީ މޭޔަރުކަމަށް ޝައުގުވެރިކަން ފާޅުކޮށްފި
Thiladhunmathi News

ޢާޠިފާ ޑެޕިއުޓީ މޭޔަރުކަމަށް ޝައުގުވެރިކަން ފާޅުކޮށްފި

ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް އެ ސިޓީގެ މެދު ދެކުނު ދާއިރާގެ އިންތިޚާބީ ކައުންސިލް މެންބަރު، ޢާޠިފާ ޢަލީ ޝައުގުވެރިކަން ފާޅުކުރަށްވައިފިއެވެ. ”ތިލަދުން”އިން ޢާޠިފާއާއި ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް ޝައުގުވެރިކަން އެބަހުރިކަމަށާއި، އެގޮތަށް ކުރިއަށް ވަޑައިގަންނަވަން ނިންމަވައިގެން ހުންނެވި ކަމަށެވެ. “މާތް ﷲގެ އިރާދަފުޅާއެކު އަޅުގަނޑު މިހިރީ ޑެޕިއުޓީ މޭޔަރުކަމަށް ކުރިމަތިލާން ނިންމައިގެން، އަޅުގަނޑަށް ތާއީދު ކުރާ ވަރަށް ގިނަ ފަރާތްތ...

ޝާހިދު އިންޑިއާގައި، 33 ގައުމެއްގެ މަންދޫބުންނާ ބައްދަލުކުރައްވައިފި
Raajje

ޝާހިދު އިންޑިއާގައި، 33 ގައުމެއްގެ މަންދޫބުންނާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިހާތަނަށް ޖުމްލަ 33 ގައުމެއްގެ މަންދޫބުންނާއި ބައްދަލުކުރައްވައިފި އެވެ. މިނިސްޓަރު ޝާހިދު ދިއްލީގައި ތިއްބަވާ 33 ޤައުމެއްގެ ސަފީރުންނާއި މަންދޫބުންނާ ބައްދަލު ކުރަށްވާފައިވާއިރު، އޭގެ ތެރޭގައި ޗެކްރިޕަބްލިކް، ސްލޮވަކް ރިޕަބްލިކް، ޖޯޖިއާ، ޔޫކްރެއިން، ރޮމޭނިއާ، ސީބިއާ އަދި ހަންގޭރީ ފަދަ ޤައުމުތަކުގެ އެމްބެސަޑަރުން ހިމެނެއެވެ. ޝާހިދު ވަނީ، އެފްރިކާގެ ގިނަ ޤައުމުތަކެއްގެ އިސް ބޭފުޅުންނާއ...

3 ވޯޓު ފޮއްޓެއް އަލުން ގުނަން ނިންމައިފި
Raajje

3 ވޯޓު ފޮއްޓެއް އަލުން ގުނަން ނިންމައިފި

3 ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑާ އަލުން ވޯޓު ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ. އީސީއިން، އެ ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީއާއެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ވަނީ ތިން ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކެނޑުމަށް މަޝްވަރާކޮށްފައެވެ. އެ ތިން ފޮއްޓަކީ މިހާތަނަށް ނަތީޖާ ކަނޑަނާޅާ ތިން ފޮއްޓެވެ. އެ ތިން ފޮއްޓަކީ، މ. މުލައް، މ. މުލި އަދި ފ. ނިލަންދޫ ވޯޓު ފޮއްޓެވެ. އީސީއާއި، އެ ކޮމިޝަންގެ ޤައުމީ ލަފާދޭ […]

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 68 އަށް!
Raajje

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 68 އަށް!

ކޯވިޑް ބަލީގައި މީހަކު ނިޔާވެ، އެބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 68 އަށް އަރައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާއަށް އެޑްމިޓްކޮށްފައި އޮތް މީހެއް ކަމަށެވެ. އެމީހާއަކީ އުމުރުން 82 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވީ މިއަދު މެންދުރުކުރި 11:12 ހާއިރު ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވެއެވެ. އެންމެ ފަހުން ރާއްޖެއިން މިބަލީގައި މީހަކު ނިޔާވެފައިވަނީ ހުސްވި މާރިޗް މަހުގެ 31ވަނަ ދުވަހުއެވެ. ރާއްޖެއިން...