5 ޕަސެންޓަށް ވުރެ ކޮވިޑު ޕޮޒިޓިވިޓީ ރޭޓު މަތިރަށްރަށް އާންމުކޮށްފި އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ރޭ ހާމަކުރެއްވި ގޮތުގައި ގްރޭޓާ މާލޭ އޭރިއާގެ އިތުރުން އަތޮޅުތަކުގެ6 ރަށެއް 5 ޕަސެންޓަށް ވުރެ ކޮވިޑު ޕޮޒިޓިވިޓީ ރޭޓު މަތި ރަށްތައް ގޮތުގައި ހިމެނެއެވެ.
އެ ރަށްތަކަކީ ބ. މާޅޮސް، ޅ. ނައިފަރު، ތ. ވޭމަންޑޫ، ކ. ހުރާ، ކ، ދިއްފުށި އަދި އދ. މާމިގިއްޔެވެ.
މީގެއިތުރުން މިވަގުތު މޮނިޓަރިން ހާލަތުގައި ހުރި ރަށްތައް ވެސް އެޗްޕީއޭއިން ރޭ އާންމު ކުރިއެވެ. އެ ރަށްތަތަކީ، ބ. މާޅޮސް، ޅ. ނައިފަރު، ޅ. ހިންނަވަރު، ތ. ވޭމަންޑޫ، ތ. ކިނބިދޫ، ތ. އޮމަދޫ، ތ. ގާދުއްފުށި، ތ. މަޑިފުށި، ކ. ހުރާ، ކ، ދިއްފުށި އަދި އދ. މާމިގިއްޔެވެ.
މިމަހުގެ 16 ވަނަ އެޗްޕީއޭއިން ވަނީ 20 އޭޕްރިލް 2021 އިން ފެށިގެން އާބާދީގެ 60 އިންސައްތަ މީހުންނަށް ކޯވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރު ކުރެވޭނެ ކަމަށް ކަނޑައަޅައި އުސޫލެއް އާންމުކޮށްފަ އެވެ.
އާބާދީގެ 60 އިންސައްތަ މީހުންނަށް ކޯވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް، 2 ހަފުތާ ވެފައިވާ ފަރާތްތައް ކުރަންޓީނު ނުލައި ދަތުރު ކުރެވޭނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފަ ވެއެވެ. މިފަދަ ފަރާތްތައް ކަރަންޓީނު ނުލައި ދަތުރުކުރުމަށް ހުއްދަދިނުމުގައި ޢަމަލު ކުރާނެ ގޮތް ވެސް އެ އުސޫލުގައި ބަޔާންކޮށްފައި ވެއެވެ. އެ ގޮތްތަކަކީ:
- ރަށެއްގައި ބަލި އުޅޭ ނިސްބަތް (ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް) 5 އިންސައްތަ އަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރުން.
- ވެކްސިން ޖެހުމަށް ޝަރުޠު ހަމަނުވާ ކުދީން މި ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރުން.
ރާއްޖޭގެ ކޯވިޑްގެ ހާލަތު އަދިވެސް ރަނގަޅުނުވާއިރު، އަތޮޅުތަކުގައި ބަލިފަތިރޭ ނިސްބަތްވެސް އަދި ދަށްވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!