Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,690 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ކޭއާރުއެޗްއިން "އިންސްޓަގްރާމް" ބޭނުންކުރަން ފަށައިފި
Thiladhunmathi News

ކޭއާރުއެޗްއިން "އިންސްޓަގްރާމް" ބޭނުންކުރަން ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން، އެ ހޮސްޕިޓަލްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓެއްހަދައި ބޭނުންކުރަން ފަށައިފިއެވެ. ޒަމާނީ ފަހުގެ ގިނަ ބަދަލުތަކާއިއެކު ހިންގަމުން އަންނަ އުތުރުގެ މައި ހޮސްޕިޓަލުން އިންސްޓަގްރާމް ބޭނުންކުރަންފެށިއިރު، މިހާތަނަށް 107 މީހަކު ވަނީ އެ އެކައުންޓް ފްލޯކޮށްފަ އެވެ. އެ ހޮސްޕިޓަލުން މިހާރު ވެސް އަންނަނީ ފޭސްބުކް، ޓުއިޓާ އަދި ވައިބަރ މެދުވެރިކޮށް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށް ދެމުންނެވެ. މިގޮތުން އެ ހޮސްޕިޓަލުން އިންސްޓަގްރާމް ޕްލެޓްފޯމާއި ގުޅުމުން،...

ޤާނޫނުއަސާސީގައި ރަމްޒީ މާއްދާއެއް ނޯންނާނެ: ޢަލީ
Parliament

ޤާނޫނުއަސާސީގައި ރަމްޒީ މާއްދާއެއް ނޯންނާނެ: ޢަލީ

ޤާނޫނުއަސާސީގައި ރަމްޒީ މާއްދާއެއް ލިޔެފައި އޮންނާނެ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. ޢަލީ މިހެން ވިދާޅުވީ، އިއްޔެގެ މަޖިލިސްޖަލްސާގައި “ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު”އަށް ބަހުސް ކުރަށްވަމުންނެވެ. އެ ރިޕޯޓަށް އިއްޔެ ޖަލްސާގައި މެންބަރުން ވަނީ ވަރަށްފުޅާ ދާއިރާއެއްގަ ބަހުސް ކުރަށްވާފަ އެވެ. އަދި އިއްޔެގެ ޖަލްސާގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާ...

ހަނިމާދޫ މޮނިޓަރިން ހާލަތުން ނަގައިފި
Thiladhunmathi News

ހަނިމާދޫ މޮނިޓަރިން ހާލަތުން ނަގައިފި

ހދ. ހަނިމާދޫއިން ތިން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިއޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ. ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނައީ، މިމަހުގެ 22 ވަނަ ދުވަހު ހަނިމާދޫން ޕޮޒިޓިވް ދެ ކޭސް ފެނުނުމުން އެދުވަހުގެ ހަވީރުއެވެ. އެރަށް އެހާލަތުން ވީއްލީ މިއަދު ހަވީރުއެވެ. މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 […]

މަނަފަރުން 498 ޑޮލަރުގެ ސާވިސް ޗާޖެއް، މިމަހު ވެސް އެންމެ ކުރީގައި އިތާފުށި!
Thiladhunmathi News

މަނަފަރުން 498 ޑޮލަރުގެ ސާވިސް ޗާޖެއް، މިމަހު ވެސް އެންމެ ކުރީގައި އިތާފުށި!

ރާއްޖޭގެ އެންމެ އުތުރު ބިތުގައި ހިންގާ ރިސޯޓެއް ކަމަށްވާ ޖޭއޭ މަނަފަރު ރިސޯޓުން މި މަހު ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފަކަށް 498 ޑޮލަރު ދީފި އެވެ. ރިސޯޓު މުވައްޒަފުން ސާވިސް ޗާޖުގެ މައުލޫމާތު އާއްމު ކުރާ ރިސޯޓް ވޯކާސް ޕޭޖުގައި މިހާރު ވަނީ މިމަހުގެ ސާވިސް ޗާޖުދިން ބައެއް ރިސޯޓުތަކާއި، ދިން ޢަދަދުތަކަކަށް އާންމުކޮށްފަ އެވެ. އެ ޕޭޖުގައި ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މި މަހު މިހާތަނަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ އިތާފުށި […]

ނައިވާދޫ ސްކޫލްގެ ދަރިވަރުންނަށް އޮންލައިން ދަރުހެއް ކުރިއަށް ގެންގޮސްފި
Thiladhunmathi News

ނައިވާދޫ ސްކޫލްގެ ދަރިވަރުންނަށް އޮންލައިން ދަރުހެއް ކުރިއަށް ގެންގޮސްފި

ހދ. ނައިވާދޫ ސްކޫލްގެ ގްރޭޑް 1 އިން 9 ގެ ދަރިވަރުންނަށް އޮންލައިން ދަރުހެއް ކުރިއަށް ގެންގޮސްފިއެވެ. މި ދަރުސްގެ މަޢުލޫއަކީ، “ނަމާދާއި މިސްކިތުގެ އަދަބުތައް” އެވެ. މި ދަރުހަކީ ޖަމިއްޔަތުލް ސަލަފްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ދަރުހެކެވެ. މި ދަރުސްގައި ނައިވާދޫ ސްކޫލްގެ ދަރިވަރުންނަށް މައުލޫމާތު ދެއްވީ، އައްޝެއިޚް އަޙްމަދު ސަމީރަށާއި އައްޝެއިޚް ނިމާލު މުޙައްމަދެވެ. ނައިވާދޫ ސްކޫލް ވަނީ، މި ދަރުސް ކުރިއަށް ގެންދެއްވުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށްޓަކައި، ޖަމިއްޢަތުއް ސަލަފަށް ޝުކުރު...

ހަނިމާދޫއިން އިތުރު 20 ރެންޑަމް ސާމްޕަލް ނަގައިފި
Thiladhunmathi News

ހަނިމާދޫއިން އިތުރު 20 ރެންޑަމް ސާމްޕަލް ނަގައިފި

ހަނިމާދޫން ފެނުނު ކޯވިޑް-19 ތިން ޕޮޒިޓިވްކޭހާއި ގުޅިގެން އެރަށުގެ ކޯވިޑް ހާލަތު ވަޒަން ކުރުމަށް އިތުރު 20 ރެންޑަމް ސާމްޕަލްއެއް ނަގައިފިއެވެ. އެރަށުން ވަނީ މިމަހު 25 ވަނަ ދުވަހުގެ ރޭ ވެސް ރެންޑަމް 20 ސާމްޕަލެއް ނަގާފަ އެވެ. އެހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފަ އެވެ. މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެ މީހުން […]

އޭދަފުށީގެ ކޯވިޑް ހާލަތު ގޯސް، މާދަމާ ރެންޑަމް ސާމްޕަލް ނަގަނީ!
Raajje

އޭދަފުށީގެ ކޯވިޑް ހާލަތު ގޯސް، މާދަމާ ރެންޑަމް ސާމްޕަލް ނަގަނީ!

ބ. އޭދަފުށިން މިހާތަނަށް 109 މީހެއް ކޯވިޑަށް ޕޮޒިޓިވްވެފައި ވުމާއެކު، އެރަށުގެ ކޯވިޑްގެ ހާލަތު ވަޒަންކުރަން މާދަމާ ރެންޑަމް ސާމްޕަލް ނަގަން ނިންމައިފިއެވެ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލްއިން ވިދާޅުވީ، އެރަށުގައި ޕޮޒިޓިވްކޭސްތައް އިތުރުވެ ރަށުގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީ، މާދާމާ އެ ހޮސްޕިޓަލްގައި ރެންޑަމް ސާމްޕަލް ނެގުން ކުރިއަށް ގެންދަން ނިންމާފަވާ ކަމަށެވެ. ރެންޑަމް ސާމްޕަލް ނެގުން އެ ހޮސްޕިޓަލްގައި ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ މާދާމާ ހެނދުނު 10:00 އިން މެންދުރު […]

ދިއްދޫގެ ބައެއް މަގުތައް އެއްކޮޅަށް ދުއްވާ މަގުތަކަކަށް ބަދަލުކުރަނީ
Thiladhunmathi News

ދިއްދޫގެ ބައެއް މަގުތައް އެއްކޮޅަށް ދުއްވާ މަގުތަކަކަށް ބަދަލުކުރަނީ

ދިއްދޫގައި ތާރުއަޅައިގެން ހަދާފައިވާ ބައެއް މަގުތައް އެއްކޮޅަށް ދުއްވޭ މަގުތަކަކަށް ބަދަލުކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ. ދިއްދޫ ކައުންސިލުން ވިދާޅުވީ، އެރަށުގައި ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހަދާފައިވާ މަގުތަކުގެ ތެރެއިން ބައެއް މަގުތަކުގައި އެއްގަމުގައި ދުއްވާ އެއްޗެހި އެއްކޮޅަށް ދުއްވާ ގޮތަށް ހެދުމުގެ މަސައްކަތް އެ ކައުންސިލުން ކުރަށްވަމުން ގެންދަވާ ކަމަށެވެ. ދިއްދޫގައި އެއްކޮޅަށް ދުއްވޭ މަގުތައް ގޮތުގައި ހަމަޖައްސަން ނިންމާފައިވާ މަގުތައް ރަބީ ހިނގުން (މި މަގުގައ...

ޓްރާންސްޕޯޓް އޮތޯރިޓީގެ ދެ މުވައްޒަފަކު ވަކިކުރީ ރަނގަޅަށް ކަމަށް ނިންމައިފި
Raajje

ޓްރާންސްޕޯޓް އޮތޯރިޓީގެ ދެ މުވައްޒަފަކު ވަކިކުރީ ރަނގަޅަށް ކަމަށް ނިންމައިފި

ވަޒީފާ އަށް އިހުމާލުވާކަމަށް ބުނެ، ޓްރާންސްޕޯޓް އޮތޯރިޓީން ވަކިކުރި ދެ މުވައްޒަފަކު ވަކިކުރުމުގައި ޓްރާންސްޕޯޓް މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތް ރަނގަޅު ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ނިންމައިފި އެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ 11 މުވައްޒަފަކު ވަޒީފާ އިން ވަކިކުރި ކުރުމުން، އެ މައްސަލަ ބަލައިދިނުމަށް އެ މުވައްޒަފުން ވަނީ ސިވިލް ސާވިސް ކޮމިޝަނާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފަ އެވެ. އޭގެތެރެއިން ދެ މުވައްޒަފެއްގެ މައްސަލަ ނިންމި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި އެ ދެ...

ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެއްޖެ

ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ފޭދޫ ސިއްޙީ މަރުކަޒުން ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. އެ މީހާއަކީ މާލެއިން އެރަށަށް ގޮސް،  15 އޭޕްރިލް 2021 ވަނަ ދުވަހު ހޯމް ކަރަންޓީނުވި މީހެއް ކަމަށް ފޭދޫ ސިއްޙީ މަރުކަޒުން ވިދާޅުވެއެވެ. އެމީހާ ޕޮޒިޓިވް ވުމުން އެމީހާ ހުރިގެ އިތުރު 14 ދުވަހަށް ހޯމް ކަރަންޓީނު ކުރެވިފައިވާ ކަމަށް ވެސް އެރަށު […]

އިންޑިއާއިން ރާއްޖެއަށް ދަތުރުކުރުމުގައި ޚާއްޞަ ފިޔަވަޅުތަކެއް
Raajje

އިންޑިއާއިން ރާއްޖެއަށް ދަތުރުކުރުމުގައި ޚާއްޞަ ފިޔަވަޅުތަކެއް

އިންޑިއާއިން ދިވެހިރާއްޖެއަށް ދަތުރުކުރުމުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ. މިގޮތުން މިއަދު އެޗްޕީއޭއިން އެންގި އެންގުމުގައި ބުނެފައިވަނީ މިހާލަތަކީ، ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރެވ...

ދިއްފުށީ ފަޅުތެރޭ މަރުވެފައި އޮތް އިންޑިއާ މީހެއް!
Raajje

ދިއްފުށީ ފަޅުތެރޭ މަރުވެފައި އޮތް އިންޑިއާ މީހެއް!

ގިނަ އަދަދެއްގެ ގެސްޓުހައުސް ހިންގާ ކ. ދިއްފުށި ފަޅުތެރެއިން މަރުވެފައި އޮތް މީހެއްްގެ ހަށިގަނޑު ފެނިއްޖެ އެވެ. ފުލުހުން ވިދާޅުވީ، ދިއްފުށީ ފަޅުތެރޭ މީހަކު މަރުވެފައިވަ ކަމުގެ ރިޕޯޓު އެއިދާރާއަށް ލިބުނީ މިއަދު މެންދުރު 1:15 ހާއިރު ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނީ އުމުރުން 23 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްފުލުހުންވިދާޅުވެއެވެ. އަދި އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ ދިއްފުށީގައި ހިންގާ އައިސްޕްލާންޓާއި ދިމާލުން ނެވެ. އޭނާގެ ހަށިގަނޑު ދިއްފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ވެސް […]

ހަނިމާދޫއިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ހަނިމާދޫއިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ދެމައިން އިއްޔެ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންނާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި ނެގި 20 މީހުންގެ ސާމްޕަލްގެ ތެރެއިން އެކަކުގެ ސާމްޕަލް ކޯވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ. އިއްޔެ ހަނިމާދޫން ޕޮޒިޓިވްވި ދެމައިން އއ. މަތިވެރިން، ހަނިމާދޫއަށް ދަތުރުކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މަތިވެރިން ޕޮޒިޓިވް 10 ކޭސް ފެނުމުން އެރަށް މޮނިޓަރިންނަށްލީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ”ތިލަދުނ...

ހަނިމާދޫއިން ޕޮޒިޓިވްވި މީހުންނާ ސީދާ ބައްދަލުވި 20 މީހެއް!
Thiladhunmathi News

ހަނިމާދޫއިން ޕޮޒިޓިވްވި މީހުންނާ ސީދާ ބައްދަލުވި 20 މީހެއް!

އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ދެމައިން އިއްޔެ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންނާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި 20 މީހެއްގެ ސާމްޕަލް ނަގައިފިއެވެ. އެމީހުން އއ. މަތިވެރިން، ހަނިމާދޫއަށް ދަތުރުކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މަތިވެރިން ޕޮޒިޓިވް 10 ކޭސް ފެނުމުން އެރަށް މޮނިޓަރިންނަށްލީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ”ތިލަދުން”އަށް ވިދާޅުވީ، އިއްޔެ ހަނިމާދޫން ޕޮޒިޓިވްވި ދެ ކޭހާއި ގުޅިގެން ރޭ 20 […]

 ދިއްދޫ އާއި ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖު އަޅައިދޭނެ ބަޔަކު ހޯދަނީ
Raajje

 ދިއްދޫ އާއި ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖު އަޅައިދޭނެ ބަޔަކު ހޯދަނީ

ހއ. ދިއްދޫ އާއި ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖު އަޅައި ހިންގާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ. އެ ދެ ރަށުގައި ޖޫނިއާ ކޮލެޖު އަޅައި ހިންގާނެ ބަޔަކު ހޯދަން ކުރި އިއުލާނުގައި ބުނެފަވަނީ، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ އެދިލެއްވުމުގެ ޕަބްލިކް-ޕްރައިވެޓް ޕާޓްނާރޝިޕްގެ އުޞޫލުން ތަރައްޤީކުރުމަށްޓަކައި “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް” (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ. އަމިއްލަ ހަރަދުގައި އެ ތަންތަން ހ...