ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ކެލާ ކައުންސިލުން ވިދާޅުވީ، ކެލާއިން މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެފަ ވާކަމަށެވެ. އަދި އެމީހާއަކީ އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ހުރި މީހެއް ކަމަށެވެ.

Ad
rt

އެމީހާ ކޯވިޑަށް ޕޮޒިޓިވްވެފައި ވާކަން އެނގުނީ، އޭނާ ހޯމް ކަރަންޓީނުގައި ހުއްޓާ ބަލީގެ އަލާމާތްތައް ފެނުމުން ކޯވިޑްއަށް ޓެސްޓް ކުރުމުން ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެއެވެ.

"ހޯމް ކަރަންޓީނަށް މާލެއިން އައިސް ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި ކަމެއްނޫން އަދި އެޗްޕީއޭ އިން މަނާވެސް ކޮށްފައިވާ ކަމެއް، ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ފަރުދީ ޒިންމާ އަދާ ކުރައްވާ. ހޯމް ކަރަންޓީން ގައި ތިބޭ ފަރާތްތަކަށް ޒިޔާރަތްކުރުން ހުއްޓަލަމާ." ކެލާ ކައުންސިލުން ވިދާޅުވެފަ ވެއެވެ.

ކެލާ ކައުންސިލުން ވަނީ ޕޮަޒިޓިވް ވެފައިވާ މީހާއަށް ޝިފާއަކަށް ވެސް އެދިފައެވެ.

ކެލާއިން މީގެ ކުރީން ވެސް އެކިފަހަރުމަތީން ވަނީ ހޯމް ކަރަންޓީނުގައި ތިބި މީހުން އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ކެލާއިން ކޯވިޑް ޕޮޒިޓިވް ކޭހެއް ފެނުނުއިރު، ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު އަދިވެސް އޮތީ ނާޒުކް ފައްތަރެއްގަ އެވެ.