ކޯވިޑް ބަލީގައި މީހަކު ނިޔާވެ، އެބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 68 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާއަށް އެޑްމިޓްކޮށްފައި އޮތް މީހެއް ކަމަށެވެ.

Ad
rt

އެމީހާއަކީ އުމުރުން 82 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވީ މިއަދު މެންދުރުކުރި 11:12 ހާއިރު ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވެއެވެ.

އެންމެ ފަހުން ރާއްޖެއިން މިބަލީގައި މީހަކު ނިޔާވެފައިވަނީ ހުސްވި މާރިޗް މަހުގެ 31ވަނަ ދުވަހުއެވެ. ރާއްޖެއިން މިހާތަނަށް ނިޔާވެފައިވާ 68 މީހުންގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިއަހަރުގެ ފެބުރުއަރީމަހުއެވެ. އެމަހު 10 މީހުން ނިޔާވެފައިވާއިރު، މިއަހަރުގެ ޖެނުއަރީމަހު ވެސް 9 ވަނީ މީހަކު ރާއްޖެއިން ނިޔާވެފަ އެވެ.