ހދ. ނައިވާދޫ ސްކޫލްގެ ގްރޭޑް 1 އިން 9 ގެ ދަރިވަރުންނަށް އޮންލައިން ދަރުހެއް ކުރިއަށް ގެންގޮސްފިއެވެ.
މި ދަރުސްގެ މަޢުލޫއަކީ، "ނަމާދާއި މިސްކިތުގެ އަދަބުތައް" އެވެ. މި ދަރުހަކީ ޖަމިއްޔަތުލް ސަލަފްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ދަރުހެކެވެ.
މި ދަރުސްގައި ނައިވާދޫ ސްކޫލްގެ ދަރިވަރުންނަށް މައުލޫމާތު ދެއްވީ، އައްޝެއިޚް އަޙްމަދު ސަމީރަށާއި އައްޝެއިޚް ނިމާލު މުޙައްމަދެވެ.
ނައިވާދޫ ސްކޫލް ވަނީ، މި ދަރުސް ކުރިއަށް ގެންދެއްވުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށްޓަކައި، ޖަމިއްޢަތުއް ސަލަފަށް ޝުކުރު އަދާކޮށްފަ އެވެ.
"ނުހަނު ބުރަކޮށް އުޅުއްވަމުންވެސް އަޅުގަނޑުމެންގެ ދަރިވަރުންނަށް އަގުހުރި މައުލޫމާތުތަކެއް ދެއްވި ކަމަށްޓަކައި އައްޝެއިޚް އަޙްމަދު ސަމީރަށާއި އައްޝެއިޚް ނިމާލު މުޙައްމަދަށް އިޙްލާޞްތެރި ޝުކުރެއް އަދާކުރަން." ނައިވާދޫ ސްކޫލުން ބުނެފަ ވެއެވެ.
ނައިވާދޫ ސްކޫލުން އެ ސްކޫލްގެ ގްރޭޑް 1 އިން 9 ގެ ދަރިވަރުންނަށް އޮންލައިން ދަރުހެއް ކުރިއަށް ގެންދިޔައިރު، މި ރަމަޟާން މަހުގެތެރޭގައި ވަނީ އެ ސްކޫލްގެ ޤުރުއާން މުބާރާތް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!