ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ފޭދޫ ސިއްޙީ މަރުކަޒުން ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ.

Ad
rt

އެ މީހާއަކީ މާލެއިން އެރަށަށް ގޮސް، 15 އޭޕްރިލް 2021 ވަނަ ދުވަހު ހޯމް ކަރަންޓީނުވި މީހެއް ކަމަށް ފޭދޫ ސިއްޙީ މަރުކަޒުން ވިދާޅުވެއެވެ.

އެމީހާ ޕޮޒިޓިވް ވުމުން އެމީހާ ހުރިގެ އިތުރު 14 ދުވަހަށް ހޯމް ކަރަންޓީނު ކުރެވިފައިވާ ކަމަށް ވެސް އެރަށު ސިއްޙީ މަރުކަޒުން ވިދާޅުވިއެވެ.

އެމީހާ ޕޮޒިޓިވްވީ ހޯމް ކަރަންޓީނު ނިންމާ ނެގުނު ރިލީޒް ސާމްޕަލުން ނެވެ.

ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ރާއްޖޭގައި މިބަލީގެ ހާލަތު އޮތީ ނާޒުކް ފައްތަރެއްގަ އެވެ.

ފާއިތުވި ތިން ދުވަހުގެ ނަންބަރުތަކަކަށް ބަލާލުމުން ވެސް އެކަން ހިތައް ތަސައްވުރު ކުރެވެއެވެ. މިގޮތުން ހުކުރު ދުވަހުގެ ޕޮޒިޓިވް ނަންބަރު ހުރީ 300 އިން މަތީގައެވެ. އިއްޔެވެސް 200 ވުރެ ގިނަ މީހުން ޕޮޒިޓިވްވިއެވެ. މިއަދުވެސް 253 މީހަކު ޕޮޒިޓިވްވިއެވެ.

ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 123 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާއިރު އޭގެ ތެރެއިން ފަސް މީހަކަށް އައިސީޔޫގައި ދަނީީ ފަރުވާ ދެމުންނެވެ.

ރާއްޖޭގެ މިހާތަނަށް 27،846 މީހަކަށް އެ ބަލި ޖެހިފައިވާއިރު، އެ ބަލީގައި 71 މީހަކު ވަނީ ނިޔާވެފަ އެވެ. 3،485 މީހަކު އަދިވެސް އެ ބަލިން ރަނގަޅުނުވެ ތިބިއިރު، މިހާތަނަށް 24،309 މީހުން ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.