ރާއްޖޭގެ އެންމެ އުތުރު ބިތުގައި ހިންގާ ރިސޯޓެއް ކަމަށްވާ ޖޭއޭ މަނަފަރު ރިސޯޓުން މި މަހު ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފަކަށް 498 ޑޮލަރު ދީފި އެވެ.
ރިސޯޓު މުވައްޒަފުން ސާވިސް ޗާޖުގެ މައުލޫމާތު އާއްމު ކުރާ ރިސޯޓް ވޯކާސް ޕޭޖުގައި މިހާރު ވަނީ މިމަހުގެ ސާވިސް ޗާޖުދިން ބައެއް ރިސޯޓުތަކާއި، ދިން ޢަދަދުތަކަކަށް އާންމުކޮށްފަ އެވެ.
އެ ޕޭޖުގައި ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މި މަހު މިހާތަނަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ އިތާފުށި މޯލްޑިވްސް އިންނެވެ. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ 2،078.27 ޑޮލަރެވެ.
ދެވަނައަށް އެންމެ ގިނައިން ސާވިސް ޗާޖް ދީފައި ވަނީ ޖޯލި މޯލްޑިވްސްއެވެ. އެ ރިސޯޓުން ދީފައި ވަނީ 1823.86 ޑޮަލަރެވެ. ތިންވަނަ އަށް އެންމެ ގިނައިން ސާވިސް ޗާޖުދިން ވަން އެން އޮންލީ ރީރަށް ރިސޯޓުން 1815 ޑޮލަރު ދީފަ ވެއެވެ.
އެ ޕޭޖްގައި ހިމަނާފައިވާ އިތުރު ރިސޯޓްތަކާއި، ސާވިސް ޗާޖުގެ ގޮތުގައި ދިން މިންވަރު
-
-
-
- ނޯޓްލަސް މޯލްޑިވްސް - 1757 ޑޮލަރު
- ވައްކަރު މޯލްޑިވްސް - 1181.65 ޑޮލަރު
- އަނަންތަރާ ކިހާވަށް - 1160.07 ޑޮލަރު
- އިންޓަކޮންޓިނެންޓަލް މާމުނާގައު - 1004.37 ޑޮލަރު
- ނިޔާމަ ޕްރެއިވެޓް އައިލެންޑް - 976.24 ޑޮލަރު
- އާރުއައިޔޫ މޯލްޑިވްސް - 819.85 ޑޮލަރު
- ހެރިޓެންސް އާރަށް - 773 ޑޮލަރު
- އޯބްލު ސެލެކްޓް އެޓްސަންގެލި - 726 ޑޮލަރު
- އަމާރީ ހަވޮއްޑާ މޯލްޑިވްސް - 610 ޑޮލަރު
- ވެލައްސަރު މޯލްޑިވްސް - 603.36 ޑޮލަރު
- ސިނަމަން ދޮންވެލި - 586 ޑޮލަރު
- ދަ ރިޓްޒް ކާޓަން މޯލްޑިވްސް ފަރި - 550 ޑޮލަރު
- ވެލިފުށި - 558 ޑޮލަރު
- ތާޖް ކޮރަލް ރީފް - 533 ޑޮލަރު
-
-
މިދިޔަ މަހު ވެސް ރާއްޖެއިން އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ އިތާފުށިން ނެވެ. މިދިޔަމަހު އެ ރިސޯޓުން 2،433.33 ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ދީފައިވެ އެވެ. މިދިޔަ މަހު ދެން އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ޖޯލި މޯލްޑިވްސް އިންނެވެ. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި 1،823.86 ޑޮލަރު ދީފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!