އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ދެމައިން އިއްޔެ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންނާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި 20 މީހެއްގެ ސާމްޕަލް ނަގައިފިއެވެ.

އެމީހުން އއ. މަތިވެރިން، ހަނިމާދޫއަށް ދަތުރުކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މަތިވެރިން ޕޮޒިޓިވް 10 ކޭސް ފެނުމުން އެރަށް މޮނިޓަރިންނަށްލީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

Ad
rt

ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ''ތިލަދުން''އަށް ވިދާޅުވީ، އިއްޔެ ހަނިމާދޫން ޕޮޒިޓިވްވި ދެ ކޭހާއި ގުޅިގެން ރޭ 20 މީހެއްގެ ސާމްޕަލް ނެގުނު ކަމަށެވެ.

"އެމީހުންނާއި ބައްދަލުވި މީހުންގެ ގޮތުގައި 20 މީހެއްގެ ސާމްޕަލް ރޭގައި ނެގުނު، މިއަދު ހަވީރު ނުވަތަ މިރޭ އެ ސާމްޕަލްތަކުގެ ނަތިޖާ ލިބޭނެކަމަށް މިބަލަނީ" އިބްރާޙީމް ވިދާޅުވިއެވެ.

ހަނިމާދޫން ޕޮޒިޓިވް ދެ ކޭސް ފެނުނުއިރު އިއްޔެ ކެލާއިން ވެސް ވަނީ ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެފަ އެވެ.

ރަށްރަށުގައި ހަލުވި ކަމާ އެކު ކޯވިޑް-19 ފެތުރި މި ވަގުތު ވެސް 19 ރަށެއް މޮނިޓަރިން ހާލަތުގައި އެބައޮތެވެ.